މާރިޔާ ޔޫއޭއީއަށް ފުރާ ވަޑައިގެންފި
ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ އަޙްމަދުދީދީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ޔޫއެއީ އަށް ފުރާވަޑައިގެންފިއެވެ.
އެގޮތުން އަބޫ ދާބީގައި މިމަހުގެ 20 އިން 24 އަށް ކުރިއަށް ގެންދެވާ އިންޓާނޭޝަނަލް ޑިފފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ދިފާއީ ވަޒީރު މާރިޔާ ފުރާ ވަޑައިގެންފައިވާ ކަމަށް މިނިސްޓްރީ އޮފް ޑިފެންސް އިން ވަނީ ޓްވީޓް ކޮށްފައެވެ.
މި ދަތުރުފުޅުގައި ޗީޕް އޮފް ޑިފެނސް ފޯސް ޝަމާލް އަދި ސިފައިންގެ ބައެއް އިސްވެރިން ވަނީ ދިފާއީ ވަޒީރުގެ އަރިހުގައި ވަޑައިގެންފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް