ބިންހެލުމުގައި ހަލާކުވި އިމާރާތެއް
ބިންހެލުމުގައި ހަލާކުވި އިމާރާތެއް
ދުނިޔެ 20 Feb 2023 | 14:34

"ދިރިހުރެ ވަޅުލެވިފަ" ވަޅުން އެރުނުއިރު އާއިލާ މަރުވެފައި

ފެބްރުއަރީ 6 ވަނަ ދުވަހު ތުރްކިޔޭ އާއި ސީރިޔާ އަށް ބިންހެލުން އައިރު ވިހަން ގާތްވެފައިހުރި ސީރިޔާގެ ސަޙާ އަލް މޫސާ އެރޭ އައި ފުރަތަމަ ބިންހެލުން އައިރު އުޅުނީ ހޭލައެވެ. އޭރު އޭނާ ހުރީ އެނާގެ އާއިލާ ދިރިއުޅެމުންދިޔަ 3 ބުރީގެ ގޭތެރޭގައެވެ.

އޭނާ އާއި އޭނާގެ އާއިލާއަށް ގެއިން ނުކުމެވުމުގެ ކުރިން އެއިމާރާތް ވެއްޓިއްޖެއެވެ. އިމާރާތުގެ ގާތަކުގެ ދަށުގައި ތާށިވެ ވަޅުލެވިފައި އޮވެ އޭނާ ކަންތައް ކުރި ގޮތް ކިޔައި ދެމުން ސަޙާ ބުނެފައިވެއެވެ.

"އަހަރެން ހަޅޭއްލެވިން، ކޮންމެވެސް މީހަކަށް އަހަރެންގެ އަޑު އިވޭނެކަމަށް، ރެސްކިޔު ވޯކަރުންގެ އަޑު އަހަންނަށް ދިޔައީ އިވެމުން، އެކަމަކު އަހަރެންގެ އަޑު އެމީހުންނަކަށް ނީވުނު، އަތުގަ ޖެހުނު ގާގަޑަކުން އަހަރެން ގައިމައްޗަށް ވާގޮތައް އޮތް ފާރުގަ ތަޅަން ވެސް ތެޅިން" ސަޙާ ކިޔައިދިނެވެ.

އޭނާގެ ކުޑަ ދެކުދިންނާއި ފިރިމީހާގެ އަޑެއްވެސް އޭރު ނީވޭ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

"ދިރިހުރެ ވަޅުލެވިފައި އޮންނަން ޖެހުމަކީ ވަރަށް ބިރުވެރިކަމެއް، ދެވަނަ ބިންހެލުން އައިމަ ހިތަށް އެރީ ދެން އަހަރެން ސަލާމަތްވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް، ދުވާލުގެ އަލިކަން އަހަންނަށް ދެން ދުވަހަކުވެސް ނުފެންނާކަމަށް" ސަޙާ ބުނެފައިވެއެވެ.

ސަޙާ ސަލާމަތް ކުރެވިފައިވަނީ ދެވަނަ ބިންހެލުން އައިތާ ގާތްގަނޑަކަށް ހަތަރު ގަޑި އިރުފަހުންނެވެ. އެއިމާރާތުގެ ދަށުން ދެން ނެރެވުނީ ނިޔާވެފައި ތިބި އޭނާގެ ތުއްތު ދެކުދިންނާއި އެނާގެ ފިރިމީހާ ޢޮމަރް އާއި އޭނާގެ ކޮއްކޮ ފުރާނަނެތް ހަށިތަކެވެ.

އޭގެ ހަތަރު ދުވަސް ފަހުން ސަޙާ ވަނީ ފިރިހެން ކުއްޖަކު ވިހައިފައެވެ. އެކުއްޖާ އަށް އޭނާ ނަންދިނީ އެކުއްޖާގެ ބައްޕަގެ ނަމުންނެވެ. ތުއްތު ޢޮމަރް އަކީ ސަޙާގެ ދިރިއުޅުމުގެ ހަމައެކަނި އުއްމީދަށް ވަނީ މިހާރުވެފައެވެ.

ސަޙާ އޭނާގެ ތުއްތު ދަރިފުޅާއި އެކު

"އަހަންނަށް ދުނިޔޭގެ އެއްވެސް ކަމަކާއި މެދު ނުވިސްނޭ، ޙަމްދު ހުރި އަހަންނާއި އެކީ ދިރިއުޅޭނެ، އަހަރެންގެ މީހަކު ދުނިޔޭގަ ހުރިކަމަށްޓަކައި" ސަޙާ ބުނެފައިވެއެވެ.

ބިންހެލުން ތަކުގެ ސަބަބުން ސީރިޔަ އިން 2274 މީހުން ވަނީ މަރުވެފައެވެ. 12400 މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.