ސްޓެލްކޯ އިން ހަންޏާމީދޫގައި ފެނުގެ ޚިދްމަތް ދޭން ފަށައިފި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ އިން އދ ހަންޏާމީދޫގައި ފެނުގެ ޚިދްމަތް ދޭން ފަށައިފިއެވެ.
ހަންޏާމީދޫ ގައި މިއަދު ފެނުގެ ޚިދްމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ސްޓެލްކޯގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަތީފް އަދި ހަންޏާމީދޫ ކައުންސިލްހެ ރައީސް މޫސާ ނާޒިމްއެވެ.
ހަންޏާމީދޫގައި މި ޚިދްމަތް ރަސްމީކޮށް ފެށުމާއި އެކު އެރަށުން ފެނުގެ ޚިދްމަތަށް އެދިފައިވާ ހުރިހާ ގޭބިސީ އަކާއި ވިޔަފާރިއަކަށް ފެނުގެ ޚިދްމަތް ލިބިގެންދާނެއެވެ.

މިވަގުތު ހަންޏާމީދޫގައި 170 ކަނެކްޝަނަކުން ފެނުގެ ޚިދްމަތް ފޯރުކޮށްދެމުންދެއެވެ. މީގެ އިތުރުން، މިހާރު ފެނުގެ ހިދުމަތަށް އެދިފައިވާ ފަރާތްތަކާއި، މި މަހުގެ ނިޔަލަށް ފެނުގެ ޚިދުމަތަށް އެދޭ ފަރާތްތަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ވަނީ ނިންމާފައި ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް