ގެއްލިގެން ހޯދި 15 އަހަރުގެ ކުއްޖަކު އަނެއްކާވެސް ގެއްލިގެން ހޯދަނީ
މާލެއިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަަސައްކަތް ފުލުހުން ފަށައިފިއެވެ.
"ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލެ އިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިފައިވާ ކަމަށް މިމަހު 18 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ގެއްލިފައިވާ ކުއްޖާގެ އާއިލާގެ ފަރާތުން ކުއްޖާގެ މައުލޫމާތު މީސްމީޑިއާގައި ވަނީ ހިއްސާ ކޮށްފައެވެ. އެގޮތުން ގެއްލިގެން ނުފެނިފައިވާ މައްސަލައިގައި ފުލުހުން ހޯދަމުން ދަނީ ޒީކް ބިންތި މުހައްމަދު ރިޔާޒް، އާގިސާމަންޒިލް / ތ. ދިޔަމިގިލި (15އ) އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ޒީކް ގެއްލިގެން ހޯދަން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް