އިސްލާމީ މަރުކަޒުގައި އައު ކާޕެޓްއެޅުމުގެ މަސައްކަތް ފަށައިފި
ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އިސްލާމީ މަރުކަޒު)ގައި އައު ކާޕެޓް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
އެގޮތުން އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި ކުރިން އަޅާފައިވާ ކާޕެޓު ނަގައި، ނެވިލޯން އަޅާފައިވާ ކަމަށެވެ.
އަދި އޭގެ ފަހުން ކާޕެޓް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައިނުވަނީ އޭރުގެ ޙާލަތަށް ރިޢާޔަތްކޮށް ކަމާބެހޭ ފަރާތްތަކުން އެގޮތަށް އިރުޝާދު ދެއްވާފައިވާތީ ކަމަށެވެ.
2 އަހަރަށްފަހު މިހާރު އައު ކާޕެޓް އަޅަން ފަށާފައިވާއިރު، މިސްކިތް ސާފުކުރުމުގެ މަސައްކަތްތަކާއި، މިސްކިތުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް މިނިސްޓްރީއިން މައުލޫމާތުދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް