ހިންމަފުށީގައި ލޯންޗަކާއި ޑިންގީއެއްގައި އަލިފާން ރޯވެ އަނދައިފި
ކ. ހިންމަފުށީގައި ލޯންޗަކާއި ޑިންގީއެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް ދެ އުޅަނދު އަނދައިފި އެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގީ މިރޭ 18:30 ހާއިރު ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ މި އަލިފާނުގެ ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބުނީ މިއަދު އިރު އޮއްސި 18:35 ހާއިރު ކަމަށެވެ.
އަލިފާން ފުތަރަމަ ރޯވި ލޯންޗާއި ޖެހިގެން އޮތް ލޯންޗުވެސް ބޭނުން ނުކުރެވޭވަރަށް އަނދާފައިވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އަލިފާން ރޯވަން ދިމާވި ސަބަބެއް ސަފެއް ނުވެއެވެ.
މިއާއެކު ފުލުހުން ބުނީ މިހާރު އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށާ، މި ހާދިސާ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް