ހުޅުމާލެއިން ބިންހިއްކުމާ ދެކޮޅަށް ޕެޓިޝަންގައި ސޮއިކުރުން
ހުޅުމާލެއިން ބިންހިއްކުމާ ދެކޮޅަށް ޕެޓިޝަންގައި ސޮއިކުރުން
ހަބަރު 20 Aug 2023 | 15:53

ހުޅުމާލޭ ފަޅު ހިއްކުމާއި ދެކޮޅަށް ޕެޓިޝަންގައި ސޮއިކުރުން މިރޭ

ހުޅުމާލޭ މާސްޓަރ ޕްލޭނާއި ހިލާފަށް ހުޅުމާލޭ ފަޅުން ބޮޑުބައެއް ހިއްކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން މަސައްކަތްކުރަމުންދާތީ އެކަން ހުއްޓުވުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރުމަށް އާންމު އަމިއްލަ ޖަމިއްޔާއަކުން ނިންމައިފިއެވެ.

މި ހަރަކާތުގައި އިސްކޮށް އުޅުއްވާ ފަރާތަކުން ކުރެއްވި ޓުވީޓެއްގައި ޕެޓިޝަން އެއްހީރަސްކޮށް ބުނެފައިވަނީ، މިރޭ ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި އެ ޖަމިއްޔާގެ ފަރާތުން މޭޒެއް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށާއި، ޖަލްސާއަށް ވަޑައިގަންނަވާ ވީހާވެސް ގިނަ ފަރާތްތަކުން އެ ޕެޓިޝަނުގައި ސޮއިކުރުމަށެވެ.

އެ ޕެޓިޝަނުގައި ގޮވާލައިފައިވަނީ ސަރުކާރުގެ ފަހުރުވެރި ގެދޮރުވެރިޔާ ސްކީމް ގެ ދަށުން ހުޅުމާލެއިން ގޯތި ދިނުމަށްކަމަށް ބުނެ ހުޅުމާލެ ފަޅުން ބޮޑުބައެއް ހިއްކަން ނިންމުމަކީ ހުޅުމާލޭގައި ދިރިއުޅެ ފަރާތްތަކުން ނުހަނު ކަންބޮޑުވާ ކަމެއްކަމުގައެވެ.

https://x.com/midh_am/status/1693222883559137717?s=46&t=Tj-_47fWMsad04xOFjp11A

އެގޮތުން ހުޅުމާލެ ފަޅު ހިއްކުމުގެ ކުރިން އިގްތިސާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ކޮށްފާނެ އެއްވެސް އަސަރެއް ދެނެގަތުމަށް ސަރުކާރުން އެއްވެސް ދިރާސާއެއް ކޮށްފައި ނުވާތީ، ހުޅުމާލޭގެ މާސްޓަރ ޕްލޭންގައި ދުނިޔޭގެ ފެންވަރުގެ ޒަމާނީ ޔޮޓްމެރީނާ އަކާއި އަދި ކްރޫޒްލައިނާތައް ބަނދަރުކޮށް ސަރވިސް ކުރެވޭނެ ބަނދަރެއް ހެދުމަށް ނިންމާފައިވާ ސަރަހައްދެއް ހިއްކުމަކީ ރާއްޖޭގެ މާލިއްޔަތަށް ވަންނާނެ ގިނަ ފައިސާތަކެއް ވަންނާނެ ދޮރެއް ބަންދުވުން ކަމުގައި އެ ޕެޓިޝަނުގައި ބުނެފައިވެއެވެ.

ވުމާއެކު ހުޅުމާލޭ ފަޅުން ސަރުކާރުން ހިއްކުމަށް ނިންމާފައިވާ ބިން ހިއްކުން މިހާރުން މިހާރަށް ހިއްކުން ހުއްޓާލުމަށް އެ ޕެޓިޝަނުގައި ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

މާލޭގައި ދަތިހާލުގައި އުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްކަމަށްބުނެ ސަރުކާރުން ތައާރަފުކުރި " ފަހުރުވެރި ބިންވެރިޔާ" ސްކީމުގައި ދަށުން 9001 ގޯތި ދިނުމަށް ހުޅުމާލޭ ފަޅުން ބޮޑުބައެއް ހިއްކުމަށް ވަނީ ނިންމާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި
15 Oct 2026 ހަބަރު

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި

ވޯޓް ނެގުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި
15 Oct 2026 ހަބަރު

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި މިފަދަ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

ފެނަކަ ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒުވަރަށް
15 Oct 2026 ހަބަރު

ފެނަކަ ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒުވަރަށް

އަޒުވަރު މި މަގާމަށް އައްޔަންކޮށްފައިވަނީ، އިއްޔެ ފެނަކައިގެ އެމްޑީގެ މަގާމުން ވަކިކުރި މުހައްމަދު އަފީފް ހުސައިން ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކުރުމަށްފަހުގައެވެ.

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް
15 Oct 2026 ހަބަރު

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް

ފެނަކައިގެ އެމްޑީގެ މަގާމުން އޭނާ ވަކިކޮށްފައިވަނީ އެ ކުންފުނި އުވައިލުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެންނެވެ.