އިތާފުށި ރިސޯޓް --ފޮޓޯ: އިތާފުށި މޯލްޑިވްސް
އިތާފުށި ރިސޯޓް --ފޮޓޯ: އިތާފުށި މޯލްޑިވްސް
ހަބަރު 20 Sep 2022 | 09:52

ރިސޯޓް ހަދަން ރަށާއި ފަޅު ކުއްޔަށް ދޭ އަގު ކުޑަކޮށްފި

ކްރޮސް ސަބްސިޑީ އުސޫލުން ރަށް ނުވަތަ ފަޅު ކުއްޔަށް ދިނުމަށް ލީޒް އެކުއިޒިޝަން ކޮސްޓް ކަނޑައެޅުމަށް އެކުލަވާލާފައިވާ މިންގަނޑު އިސްލާޙުކޮށް، އެ އުސޫލުގެ ދަށުން ރަށް ނުވަތަ ފަޅު ކުއްޔަށް ހިފަން ދައްކަން ޖެހޭ އަގު ކުޑަކޮށްފި އެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން، ކްރޮސް ސަބްސިޑީ އުސޫލުން ރަށް ނުވަތަ ފަޅު ކުއްޔަށް ދިނުމަށް ލީޒް އެކުއިޒިޝަން ކޮސްޓް ކަނޑައެޅުމަށް އެކުލަވާލާފައިވާ މިންގަނޑު އިސްލާޙުކޮށް އައު އަގުތައް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ ހާމަކޮށްފައެވެ.

އައު އަގު ތަކާއި އެކު ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާން ކުރި އިއުލާނުގައި ބުނީ، ލީޒް އެކުއިޒިޝަން ކޮސްޓް ކަނޑައެޅުމުގެ މިންގަނޑަކީ އެ ސަރަޙައްދަކުން ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރާއިރު ލީޒް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ނެގޭނެ އެންމެ ކުޑަ މިންވަރު ހިސާބުކުރުމުގެ މިންގަނޑު ކަމަށެވެ.

އަދި އެ ސަރަޙައްދެއްގައި ހިމެނޭ އެކިއެކި ރަށްރަށް ނުވަތަ ބިން ނުވަތަ ފަޅުތަކަށް ނަގާ ލީޒް އެކުއިޒިޝަން ކޮސްޓްގެ މިންވަރު ނިންމާނީ އިއުލާން ކުރި މިންގަނޑުން ހިސާބުކުރުމުން ޖެހޭ މިންވަރަށްވުރެ މަދުނުވާ ގޮތަށް އެ ރަށެއް /ބިމެއް /ފަޅެއް ހޯދުމަށް ޝައުޤުވެރިވާ ފަރާތަކާއެކު ކުރެވޭ ނެގޯސިއޭޝަންތަކުގެ ތެރެއިން ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އަލަށް ގެނެވުނު ބަދަލާއެކު ހއ.، ހދ.، ޏ. އަދި ސ. އަތޮޅުގެ ބޭސް ރޭޓަކީ 500،000 ޑޮލަރެވެ. ކުރިން އެއަތޮޅުތަކުގެ ބޭސްރޭޓަކީ އެއްމިލިއަން ޑޮލަރެވެ.

ށ. ތ. އަދި ލ. އަތޮޅުގެ ރަށްރަށުގެ މިހާރުގެ ބޭސް ރޭޓަކީ އެއް މިލިއަން ޑޮލަރެވެ. ހެކްޓަރަކަށް ޖެހޭ އަގަކީ އެއް ލައްކަ ޑޮލަރެވެ. ކުރިން އެއަތޮޅުތަކުގެ ބޭސް ރޭޓަކީ 1.5 މިލިއަން ޑޮލަރެވެ.

ނ. ރ. ބ. އަދި ޅ. އަތޮޅުގެ ރަށްރަށުގެ ބޭސް ރޭޓަކީ ދެ މިލިއަން ޑޮލަރެވެ. ކުރިން އެއަތޮޅުތަކުގެ ބޭސް ރޭޓަކީ ތިން މިލިއަން ޑޮލަރެވެ. ހެކްޓަރު ރޭޓަކީ ތިން ލައްކަ ޑޮލަރެވެ.

މީގެ އިތުރުން އެންމެ ބޮޑު އަގު ކަނޑައަޅާފައިވާ މާލެ އަތޮޅުގެ ބޭސް ރޭޓަކީ ތިން މިލިއަން ޑޮލަރެވެ. ނަމަވެސް މިއީ ކުރިއާއި އަޅައިބަލާއިރު ބޮޑު ހެޔޮވުމެކެވެ. ކުރިން މާލެ އަތޮޅުގެ ބޭސް ރޭޓަކީ ފަސް މިލިއަން ޑޮލަރެވެ.

އއ. އދ. އަދި ވ. އަތޮޅުގެ ރަށްރަށުގެ ބޭސް ރޭޓަކީ ދެ މިލިއަން ޑޮލަރެވެ. ކުރިން އެއީ ތިން މިލިއަން ޑޮލަރުގެ ބޭސް ރޭޓެއް އޮތް އަތޮޅުތަކެކެވެ. މިހާރު ހެކްޓަރު ރޭޓަކީ 450،000 ޑޮލަރެވެ.

މީގެ އިތުރުން، މ. ފ. އަދި ދ. އަތޮޅުގެ ރަށްރަށުގެ ބޭސްރޭޓް 1.5 މިލިއަން ޑޮލަރަށް ކުޑަކޮށްފައިވާއިރު ހެކްޓަރު ރޭޓަކީ ދެ ލައްކަ ޑޮލަރެވެ.

ގއ. އަދި ގދ.ގެ ރަށްރަށުގެ ބޭސްރޭޓަކީ 750،000 ޑޮލަރެވެ. ހެކްޓަރު ރޭޓަކީ 75،000 ޑޮލަރެވެ. ސައިޒް ޕްރިމިއަމްގެ ގޮތުގައި 20 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ރަށްރަށުން ފަސް ލައްކަ ޑޮލަރު އަދި 40 ހެކްޓަރަށްވުރެ ބޮޑު ނަމަ ދެ މިލިއަން ޑޮލަރެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.