އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރަސް
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރަސް
ދުނިޔެ 20 Oct 2022 | 15:49

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރަސް މަގާމުން އިސްތިއުފާދެއްވައިފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރަސް މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ލިޒް އިސްތިއުފާދެއްވާފައިވަނީ މެންޑޭޓުގައި ހިމެނޭ ކަންތައްތައް ފުރިހަމަނުކުރެއްވޭކަމަށް ވިދާޅުވަމުންނެވެ.

އެކަމަނާ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު، ގައުމަށް މިވަގުތު ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާނެކަމަށް ވިދާޅުވިއެވެ.

އެގޮތުން ރިސެޝަންއާއި، އިންފްލޭޝަން މަތިވަމުންދާ މައްސަލަ ހައްލުކުރެއްވުމަށް މަސައްކަތް ފައްޓަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން އެނަރޖީ ބިލްގެ މައްސަލަ ހައްކުރެއްވުމަށާއި، އަންނަން އޮތް ދުވަސްތަކަށް ފިއުލް ސަޕްލައި ޔަގީން ކުރެއްވުމަށް ހަފުތާއެއްހާ ދުވަހުގެ ތެރޭ ޕްލޭނެއް އެކުލަވާލައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް އެކަމަނާ އިސްތިއުފާދެއްވާފައިވަނީ ގާތް ގަނޑަކަށް 6 މަސް ދުވަހު މަސައްކަތްޕުޅު ކުރެއްވުމަށްފަހު އެދެވޭ ނަތީޖާތަކެއް ނެރެދެއްވިފައި ނުވާކަން ގަބޫލުފުޅުކުރެއްވުމަށް ފަހުގައެވެ.

އުމުރުފުޅުން 47 އަހަރުގެ ލިޒް ޓްރަސް މީގެކުރިން ހުންނެވީ (ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރުގައި) ޚާރިޖީ ވަޒީރުގެ މަގާމުގައެވެ.

ކޮންޒަރވޭޓިވް ޕާޓީގެ ލީޑަރު ހޮވުމަށް ޕާޓީގެ މެމްބަރުގެ މެދުގައި ނެގި ވޯޓު ލިޒް ޓްރަސް ކާމިޔާބުކުރެއްވީ ވޯޓުގެ 57 އިންސައްތަ އިންނެވެ. އޭނާއާ ވާދަކުރެއްވި ރިޝީ ސުނަކްއަށް ލިބިވަޑައިގެންނެވީ 43 އިންސައްތަ ވޯޓެވެ.

ލިޒް ޓްރަސްއަކީ އިނގިރޭސި ވިލާތުގެ ތިންވަނަ އަންހެން ބޮޑުވަޒީރެވެ.

މިއީ އިނގިރޭސިވިލާތުގެ ތާރީޚުގައިވެސް ބޮޑުވަޒީރަކު މިހާ ކުރު މުއްދަތެއްގައި މަގާމުން އިސްތިއުފާދެއްވި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.