2019 ވަނަ އަހަރު އޮތް ސީޕީ ކަޕް މުބާރާތުގެ ތެރެއިން/ ފޮޓޯ: މޯލްޑިވްސް ޕޮލިސް
2019 ވަނަ އަހަރު އޮތް ސީޕީ ކަޕް މުބާރާތުގެ ތެރެއިން/ ފޮޓޯ: މޯލްޑިވްސް ޕޮލިސް
ކުޅިވަރު 20 Oct 2022 | 18:33

ސީޕީ ކަޕް ފުޓްބޯޅަ މުބާރާތް މާދަމާރޭ ފަށަނީ

ފުލުހުންގެ އެކި ބަހާތަކަށް އަމާޒުކޮށްގެން ފުލުހުންގެ ތެރޭގައި ބާއްވާ އެންމެ ޝަރަފްވެރި އެއް މުބާރާތްކަމަށްވާ ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅެވޭ "ސީޕީ ކަޕް " މާދަމާ ރޭ ފަށާނެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ހުޅުމާލެ ޕޮލިސް އާއި އައިޑީ ކުލަބް (އިންޓެލިޖެންސް ޑައިރެކްޓްރޭޓް) އެވެ. މިޗު ފެށުމަށް ހަމަޖެހިފައިވަނީ 21:30 ގައެވެ.

ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަން ކުރިއަށްދާނީ ދެ ޑިވިޜަނަކެވެ. އެއީ ފުރަތަމަ ޑިވިޜަނާއި ދެވަނަ ޑިވިޜަނެވެ.

ފިރިހެން ޑިވިޜަންގައި ފުލުހުންގެ އެކި ބަހާތަކުން ޖުމްލަ 17 ޓީމަކުން ބައިވެރިވެފައިވެއެވެ.

އެގޮތުން ފުރަތަމަ ޑިވިޜަންގައި ނުވަ ޓީމަކުން ބައިވެރިވެފައިވާއިރު ފުރަތަމަ ޑިވިޜަންގެ ކުޅުން ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

ދެވަނަ ޑިވިޜަންގައި އަށް ޓީމަކުން ބައިވެރިވެފައިވާއިރު މި ޑިވިޜަންގެ ކުޅުންވެސް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

ފިރިހެން ޑިވިޜަންގެ ކުޅުން ކުރިއަށްދާނީ އެފްއޭއެމް ޓާފް ދަނޑުގައެވެ.

އަންހެން ޑިވިޜަންގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ބައިވެރިވެފައިވެއެވެ.

ސީޕީ ކަޕް ފުޓްސަލް މުބާރާތުގެ ކުޅުން ކުރިއަށްދަނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ފައިނަލަށް ދާގޮތަށެވެ. އަދި ފައިނަލުގައި ވާދަކުރާ ދެވަނަ ޓީމު ކަނޑައަޅާނީ ދެވަނަ ޓީމާއި ތިން ވަނަ ޓީމާ ދެމެދު ކުޅެވޭ ސެމީ ފައިނަލް މެޗުންނެވެ.

ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ މާދަމާރޭ ފަށާއިރު އަންހެން ޑިވިޜަނަށް އަމާޒުކޮށްގެން ބާއްވާ ސީޕީ ފުޓްސަލް މުބާރާތްވެސް އޮކްޓޯބަރ 23 ވަނަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
12 Oct 2026 ހަބަރު

މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި

މަސްތުގެ ހާލަތުގައި ހުރެ، ސައިކަލު މަތީގައި އޮށޯވެ އޮވެ، ނުރައްކާތެރިކޮށް ދުއްވި ކަމުގެ ތުހުމަތުގައި، ހައްޔަރުކުރި 26 އަހަރުގެ އަޙްމަދު ފާރިޘް 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރ...

އެކްސިޑެންޓު ތަހުގީގަށް ހާއްސަ ޑިޖިޓަލް ސޮފްޓްވެއާއެއް ފުލުހުން ތައާރަފުކޮށްފި
11 Oct 2026 ހަބަރު

އެކްސިޑެންޓު ތަހުގީގަށް ހާއްސަ ޑިޖިޓަލް ސޮފްޓްވެއާއެއް ފުލުހުން ތައާރަފުކޮށްފި

ޓްރެފިކް އެކްސިޑެންޓުތައް ހިނގާ ސަރަހައްދުތަކުގެ ކުރެހުން ޑިޖިޓަލްކޮށް ތައްޔާރުކުރެވޭ "ސްމާޓްޑްރޯ" ނަމަކަށް ކިޔާ ސޮފްޓްވެއާއެއް ޓްރެފިކް އިންވެސްޓިގޭޝަން ޔުނިޓުން ބޭނުންކުރަން ފަށައިފިއެވެ. މި ސޮފްޓްވ...

ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއްކަން އެނގިއްޖެ
11 Oct 2026 ހަބަރު

ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއްކަން އެނގިއްޖެ

ހުޅުމާލޭ ފޭސް ދޭއްގައި މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއްކަން އެނގިއްޖެއެވެ. ތްރެފިކް ގަވާއިދާ...

ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
10 Oct 2026 ރިޕޯޓް

ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!

ރަސްމީ ރޭޓަށްވުރެ ބޮޑުކޮށް ބޭރުފައިސާ ގަނެ ވިއްކުމާއި، އެކަން އިޝްތިހާރު ކުރުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި ޤާނޫނަކުން މަނާކޮށް މިދިޔަ ސެޕްޓެމްބަރު އެއް ވަނަ ދުވަހު ތަންފީޒުކުރަން ފެށި ނަމަވެ...

އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
09 Oct 2026 ހަބަރު

އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި

‏އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި އެވެ. އެ ތަކެތި ވިއްކަން ހުރީ ހުޅުމާލެ ފޭސް ދޭއް ގައި ހުންނަ ފިހާރައެއްގަ އެވެ. ފުލުހުން ބުނީ އެ ފިހާރާގައ...

މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
09 Oct 2026 ހަބަރު

މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި

މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި އެވެ. ފުލުހުން މިއަދު ބުނީ ގަލޮޅުގައި ހުންނަ ގެއަކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ފޭރުނު މައްސަލައެއް ހުށައަޅާފައިވާ ކަ...