ޑޮނަލްޑް ޓްރަމްޕް: އަހަރަކަށް ވުރެ ގިނަ ދުވަހަށްފަހު ޓުވީޓާއިން ވަނީ އޭނާގެ އެކައުންޓް އަލުން އަނބުރާ ދީފައި
ޑޮނަލްޑް ޓްރަމްޕް: އަހަރަކަށް ވުރެ ގިނަ ދުވަހަށްފަހު ޓުވީޓާއިން ވަނީ އޭނާގެ އެކައުންޓް އަލުން އަނބުރާ ދީފައި
ދުނިޔެ 20 Nov 2022 | 05:23

ޓުވިޓަރއިން ޓްރަމްޕްގެ ޓުވިޓަރ އެކައުންޓު އަނބުރާ ދީފި

އަހަރަކަށްވުރެ ގިނަ ދުވަހު ބްލޮކް ކޮށްލާފައި އިނުމަށްފަހު އެެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓުވިޓަރ އެކައުންޓު، ޓުވިޓަރ އިން އޭނާއަށް އަނބުރާ ދީފިއެވެ.

އެމެރިކާގެ އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ޓްރަމްޕްއަށް ނާކާމިޔާބީއާއި ކުރިމަތިލާންޖެހުމުން އެ އިންތިހާބުގެ ސައްހަކަމާއި މެދު ސުވާލު އުފައްދައި، ޓްރަމްޕް އިސްވެ ހުރެ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީސް ކުރާގެއަށް އޭނާގެ ސަޕޯޓަރުން އެއްވާން ގޮވާލުމާއި ގުޅިގެން މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އޭނާގެ ފޭސްބުކް އަދި ޓުވިޓަރ އެކައުންޓް ވަނީ ބްލޮކް ކޮށްލާފައެވެ.

އެހެންނަމަވެސް، ދާދިފަހުން 44 ބިލިއަން ޑޮލަރަށް ޓުވިޓަރ ގަތް، އެމެރިކާގެ މަހުޖަނު އީލަން މަސްކު އިއްޔެ ވަނީ އަލުން ޓްރަމްޕް ޓުވިޓަރއަށް ގެންނަން ފެނޭތޯ ޕޯލްއެއް ނަގާފައެވެ. އެގޮތުން އެ ޕޯލްގައި ބައިވެރިވި 52 އިންސައްތަ މީހުން ވޯޓު ދިނީ ޓްރަމްޕް އަނބުރާ ގެނައުމަށެވެ.

"ރައްޔިތުން ނިންމުން ނިންމައިފި. ޓްރަމްޕް އަލުން އެނބުރި ގެންނާނަން" އީލަން މަސްކު ޓްރަމްޕް އަށް ޓުވިޓާ އެކައުންޓް އަނބުރާ ދިނުމަށް ނިންމިކަން އިއުލާންކޮށް ބުނެފައި ވެއެވެ.

ޓްރަމްޕް އަށް އަލުން އެކައުންޓް ލިބިފައި މިވަނީ އަންނަ އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އޭނާ އިއުލާން ކޮށްފައިވަނިކޮށެވެ. ވުމާއެކު އެކައުންޓު ލިބުން ވެގެންދާނީ އެ އިންތިހާބުގެ ކެމްޕެއިން ކުރުމަށް އޭނާއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެގައުމުގެ ސިޔާސީ ތަޖުރިބާކާރުން ބުނެއެވެ. އެހެންނަމަވެސް، އަދި މިހާތަނަށް ޓްރަމްޕްގެ އެކައުންޓުން އޭނާ ޓުވީޓުކޮށްފައިނުވެއެވެ.

މަސްކު ޓުވީޓާ ގަތުމަށް ފަހުގައި އޭނާ ވަނީ، އެ ޕްލެޓްފޯމް ގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުރިހަމައަށް ދޭނެކަން އަންގާފައެވެ. އެއާއެކު އޭނާ ޓްރަމްޕް އަށް އެކައުންޓް އަލުން ދޭނެ ކަމަށް ގިނަ ބޭރުގެ މީޑިއާތަކުން ވަނީ ޚަބަރުފަތުރާފައެވެ. ޓްރަމްޕްގެ އިތުރުންވެސް ކުރިން އެގޮތަށް ބްލޮކްކޮށްފައި ހުރި ބައެއް ފަރާތްތަކުގެ އެކައުންޓް މަސްކުވަނީ އަލުން ދީފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.