ޑރ.މުހައްމަދު މަހާތީރު މުހައްމަދު
ޑރ.މުހައްމަދު މަހާތީރު މުހައްމަދު
ދުނިޔެ 20 Nov 2022 | 08:51

މަހާތީރަށް މެލޭޝިއާގެ އާއްމު އިންތިހާބުގައި ނާކާމިޔާބީ

މެލޭޝިޔާގައި އިއްޔެ ކުރިއަށްދިޔަ އާންމު އިންތިހާބުން އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު، އަދި ސިޔާސީ މައިދާނުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އެއް ޝަޚުޞިއްޔަތު، ޑރ.މުހައްމަދު މަހާތީރު މުހައްމަދު ނާކާމިޔާބީއާއި ކުރިމަތިލައްވަންޖެހިއްޖެއެވެ.

އުމުރުން 97 އަހަރުގެ މަހާތީރު ކުރިމަތިލެއްވީ މެލޭޝިޔާގެ ލަންކާވީގެ ގޮނޑިއަށެވެ. އެ ގޮނޑިއަށް ޖުމުލަ ފަސް މީހުން ކުރިމަތިލިއިރު މަހާތީރަށް ލިބިލެއްވީ 4566 ވޯޓެވެ. އޭއާއެކު އޭނާ ހިމެނެނީ އެ ގޮނޑިއަށް ކުރިމަތިލީ މީހުންގެ ތެރެއިން ދެވަނައަށް އެންމެ މަދުން ވޯޓު ލިބުނު މީހާއަށެވެ.  ޖުމްލަ 47500 މީހުންނަށް އެ ފޮއްޓަށް ވޯޓުލެވެއެވެ. އެ ގޮނޑި ލިބިފައިވަނީ ޕެރިކަޓަން ނޭޝަނަލް ކޯލިޝަންގެ ކެނޑިޑޭޓަށެވެ.

މަހާތީރަށް އެ އިންތިޚާބުގައި ކާމިޔާބީ ލިބިފައި ނުވާއިރު، އޭނާ ނިސްބަތްވާ ޕާޓީއަށްވެސް މެލޭޝިޔާގެ އާއްމު އިންތިހާބުން އެއްވެސް ގޮނޑިއެއް ލިބިފައެއް ނުވެއެވެ.

މަހާތީރަކީ މެލޭޝިޔާގައި އެންމެ ގިނަ ދުވަހު ވެރިކަންކުރެއްވި ބޮޑުވަޒީރެވެ. އެގޮތުން 1981 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާއި ހަމައަށް، 22 އަހަރު ވަންދެން އޭނާ ވަނީ އެގައުމުގެ ވެރިކަން ކުރައްވާފައެވެ.

ސިޔާސީ މައިދާނާއި ދުރުގައި ހުންނެވުމަށްފަހު މަހާތީރު އެނބުރި ސިޔާސީ މައިދާނަށް ވަޑައިގަތީ 2018 ވަނަ އަހަރުގައެވެ. އެއަށްފަހު، އޭރު ބޮޑުވަޒީރަކަށް ހުންނެވި ނަޖީބް ރައްޒާކުގެ ވެރިކަން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފަށައި، މެލޭޝިޔާގެ ބޮޑުވަޒީރުކަމަށް އެތައް އަހަރަކަށްފަހު އަލުން ވަޑައިގެންނެވިއެވެ. އެހެން ނަމަވެސް 2020 ވަނަ އަހަރު ޤާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ގެއްލި މަހާތީރުގެ ސަރުކާރު ނިމުމަކަށް އައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.