ރައްޔިތުންގެ މަޖިލީހަށް ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށާއި ކޮމިޓީތަކަށް ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މަޖިލީހަށް ސަޔާއި ކެއުން ތައްޔާރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 11:59ގެ ނިޔަލަަށް ބީލަން ހުށަހެޅުމަށް ރެޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އަދި ޕްރީ ބިޑު މީޓިން އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި މަޖިލީހުގެ އިދާރާގައި އޮންނާނެކަމަށާ، ބީލަން ހުށަހެޅުން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މަޖިލީހުގެ އިދާރާގައި އޮންނާނެކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެ އިއުލާނުގައި ބުނީ، ބިޑު ހުށަހެޅުމުގެ ފުރުސަތު ދެވޭނީ އެކަމަށް ރެޖިސްޓްރީކޮށް އަދި ފްރީބިޑް މީޓިންއަށް އަންނަ ފަރާތްތަކަށް އެކަނި ކަމަށާއި، ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީހަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި ނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް