މާސްޓާސް ގެ ޗެމްޕިއަން މަޑޭ-- ފޮޓޯ: އެމްއެސްއޭ
މާސްޓާސް ގެ ޗެމްޕިއަން މަޑޭ-- ފޮޓޯ: އެމްއެސްއޭ
ކުޅިވަރު 20 Nov 2022 | 13:21

ރަންނަމާރި ޗެލެންޖް: މާސްޓާސް ޑިވިޝަންގެ ޗެމްޕިއަނަކަށް ގައްދޫ މަޑޭ

މި އަހަރުގެ ގައުމީ ރާޅާއެޅުމުގެ މުބާރާތް "ރަންނަމާރި ޗެލެންޖެ 1444" ގެ މާސްޓާސް ޑިވިޝަންގެ ޗެމްޕިއަންކަން އަހުމަދު ރަޝީދު (މަޑޭ) ހޯދައިފި އެވެ.

ފައިނަލް ހީޓުގައި މުހައްމަދު ވިޝާލް އަލީއާ ދެކޮޅަށް ވާދަކޮށް އޭނާ އެޅި އަށް ރާޅުގެ ތެރެއިން އެންމެ ރަނގަޅު ދެ ރާޅަށް ވަނީ 5.33 އަދި 6.50 ޕޮއިންޓް ހޯދައިފަ އެވެ.

މަޑޭއާ އެއްވަރުކުރަން ވިޝާލް އަށް 7.00 ޕޮއިންޓްގެ ރާޅެއް ބޭނުންވިއިރު، ފައިނަލް ހީޓުގައި ވިޝާލް 16 ރާޅު ފުރިހަމަކުރިއެވެ. އެހެންނަމަވެސް، ވިޝާލްގެ އެންމެ ރަނގަޅު ދެ ރާޅަށްވެސް ލިބުނީ 3.83 އަދި 4.83 އެކެވެ.

ގދ. ގައްދޫއަށް އުފަން، އަދި އެ ރަށުން ގިނަ ސާފަރުންތަކެއް ތަމްރީނު ކޮށްގެން ނެރުނު މަޑޭ، ފައިނަލަށް ދަތުރު ކުރީ މިދިޔަ އަހަރުގެ މާސްޓާސް ޗެމްޕިއަން އިބްރާހިމް އަރީފް (މާކް) އާ ދެކޮޅަށް ސެމީ ފައިނަލް ގައި ފުރިހަމަ ކާމިޔާބީއެއް ހޯދައިގެންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
14 Sep 2026 ކުޅިވަރު

ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި

ސްރީލަންކާގެ ސަރފިންގ ފެޑެރޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި "ސަރފިންގ ފެޑެރޭޝަން އޮފް ސްރީލަންކާ އިންޓަރނޭޝަނަލް އޯޕަން ސަރފިންގ ޗެމްޕިއަންޝިޕް" ގެ 18 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ރާއްޖޭގ...

އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
07 Aug 2026 ކުޅިވަރު

އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ

އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ. ޕީސް ފައުންޑޭޝަނުން ޗޭ ފޭސްބުކުގައި ކުރި ޕޯސ...

ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ނިންމާލައިފި
01 Nov 2025 ކުޅިވަރު

ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ނިންމާލައިފި

ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. ތިން ދުވަހަށް މާލޭގެ ލޮނުޒިޔާރަތްކޮޅުގައި ކުރިޔަށް ގެންދިޔަ މި މުބާރާތުގައި ހަތަރު ކެޓަގަރީއަކުން 33 ކުދިން ބައިވެރިވިއެވެ. މި ...

މުލީކޮޅު ރާޅުގަނޑު: ޖޫނިއާ ޗެންޕިއަންކަން ސައްޔިދު ހޯދައިފި
18 Jul 2025 ކުޅިވަރު

މުލީކޮޅު ރާޅުގަނޑު: ޖޫނިއާ ޗެންޕިއަންކަން ސައްޔިދު ހޯދައިފި

މި އަހަރުގެ ދިވެހި ސާފް ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ މުލީކޮޅު ރާޅުގަނޑުގެ 18 އަހަރުން ދަށުގެ ޖޫނިއާ ފައިނަލުގައި ޔޫސުފް ކަޔާން ޒަކީ ބަލިކޮށް ސައްޔިދު ސަލާހުއްދީން ޗެންޕިއަންކަން ހޯދައިފިއެވެ. ޱމު...

ދިވެހި ސާފް ލީގަށް އިތުރު އިވެންޓެއް އިތުރުކޮށްފި
24 Feb 2025 ކުޅިވަރު

ދިވެހި ސާފް ލީގަށް އިތުރު އިވެންޓެއް އިތުރުކޮށްފި

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ދިވެހި ސާފް ލީގަށް މުޅިން އާ އިވެންޓެއް މިއަހަރު އިތުރުކޮށްފިއެވެ. އެމްއެސްއޭ އިން މިއަދު އިއުލާނުކުރި ގޮތުގައި ސާފް ...

ސަރފް ލީގްގެ ފުރަތަމަ މުބާރާތް ކަލެގަލެކޮޑާ ކެންސަލްކޮށްފި!
18 Jan 2025 ހަބަރު

ސަރފް ލީގްގެ ފުރަތަމަ މުބާރާތް ކަލެގަލެކޮޑާ ކެންސަލްކޮށްފި!

ދިވެހި ސަރފް ލީގްގެ މިއަހަރުގެ ފުރަތަމަ މުބާރާތް ކަލެގަލެކޮޑާ ކެންސަލްކޮށްފިއެވެ. މިކަމާ ގުޅޭގޮތުން މޯލްޑިވްސް ސަރފިން އެސޯސިއޭޝަނުން ބުނީ ފެބުރުއަރީމަހުގެ 5 ކުން ފެށިގެން 8 ވަނަ ދުވަހު ބޭއްވުމަށް ތާވ...