ޒުވާން ކުދިންތަކެއް ރާޅާ އަޅަނީ...ފޮޓޯ: އެމްއެސްއޭ
ޒުވާން ކުދިންތަކެއް ރާޅާ އަޅަނީ...ފޮޓޯ: އެމްއެސްއޭ
ކުޅިވަރު 24 Feb 2025 | 16:48

ދިވެހި ސާފް ލީގަށް އިތުރު އިވެންޓެއް އިތުރުކޮށްފި

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ދިވެހި ސާފް ލީގަށް މުޅިން އާ އިވެންޓެއް މިއަހަރު އިތުރުކޮށްފިއެވެ.

އެމްއެސްއޭ އިން މިއަދު އިއުލާނުކުރި ގޮތުގައި ސާފް ލީގަށް މިފަހަރު އިތުރުކުރި އިވެންޓަކީ ލ. މާބައިދޫގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ "ކެރަންޑޫ" އިވެންޓެވެ. އަދި މި އިވެންޓް ސެޕްޓެމްބަރު މަހު މާބައިދޫގައި ބާއްވަން، އެ ރަށުގެ ކައުންސިލާއެކު އެމްއެސްއޭއިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއީ ލ. އަތޮޅުގައި ދިވެހި ސާފް ލީގު އިވެންޓެއް ބާއްވާ ފުރަތަމަ ފަަހަރެވެ.

އެމްއެސްއޭ އާއި މާބައިދޫ ކައުންސިލާ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި އިވެންޓުގައި އެމްއެސްއޭގެ ފަރާތުން ސޮއިކުރެއްވީ އެމްއެސްއޭގެ ރައީސް މުހައްމަދު ސޮބާހް އެވެ. އަދި މާބައިދޫ ކައުންސިލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ވިސާމެވެ.

ގުދުރަތީ ހިތްގައިމުކަން ލިބިފައިވާ މާބައިދޫ އުތުރު ފަރާތުގައިވާ ރާޅު ބްރޭކަކީ "މެޗިން"ގެ ނަމުންވެސް މަޝްހޫރުވެފައިވާ ރާޅު ޕޮއިންޓެކެވެ. ރާއްޖޭގެ އެންމެ ރީތި އެއް ރާޅު ޕޮއިންޓުގެ ގޮތުގައި ފާހަގަވެފައިވާ އެ ރާޅުގަނޑަކީ ގިނަ ސާފަރުން ޝައުގުވެރިވާ ވާރުގަދަ އަވަސް ރާޅުތަކެއް ހުންނަ ޕޮއިންޓެއް ކަމަށްވެސް އެމްއެސްއޭ އިން ބުނެފައިވެއެވެ.

މާބައިދޫގައި އިވެންޓް ހޯސްޓް ކުރުމުގެ އިތުރުން އެ ރަށުގައި ކުޑަކުދިންނަށް ހާއްސަ ސާފް އިވެންޓުތަކެއް ކުރިއަށް ގެންދިއުމަށާއި، ހުނަރުވެރި ސާފަރުން ހޯދުމުގެ މަސައްކަތް ކުރުމަށްވެސް އެމްއެސްއޭ އިން ސޮއިކުރި އެއްބަސްވުމުގައިވެއެވެ.

މީގެ އިތުރުން އެމްއެސްއޭ އާއި މާބައިދޫ ކައުންސިލާ ދެމެދު ވެވުނު އެއްބަސްވުމުގައިވާ ގޮތުން "ކެރަންޑޫ" އިވެންޓުގެ ޓައިޓަލް ސްޕޮންސަރަކީވެސް މާބައިދޫ ކައިންސިލެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.