އާލިއާއަށް ޗެމްޕިއަން ޓްރޮފީ ދެނީ... ފޮޓޯ: ސާފިން އެސޯސިއޭޝަން
އާލިއާއަށް ޗެމްޕިއަން ޓްރޮފީ ދެނީ... ފޮޓޯ: ސާފިން އެސޯސިއޭޝަން
ކުޅިވަރު 14 Sep 2026 | 18:56

ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި

ސްރީލަންކާގެ ސަރފިންގ ފެޑެރޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި "ސަރފިންގ ފެޑެރޭޝަން އޮފް ސްރީލަންކާ އިންޓަރނޭޝަނަލް އޯޕަން ސަރފިންގ ޗެމްޕިއަންޝިޕް" ގެ 18 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ރާއްޖޭގެ އާލިޔާ ލަތީފް ޗެމްޕިއަންކަން ހޯދައިފިއެވެ.

ސްރީލަންކާގެ މަޝްހޫރު އަރުގަމް ބޭ މެއިން ޕޮއިންޓުގައި މި ސެޕްޓެމްބަރު މަހުގެ 10 އިން 12 އަށް ކުރިއަށްދިޔަ މި މުބާރާތުގައި އާލިޔާ ވާދަކޮށްފައިވަނީ 18 އަހަރުން ދަށުގެ އަންހެން ކުދިންގެ އޯޕަން ކެޓަގަރީގައެވެ. މި ކެޓަގަރީން އެއްވަނަ ހޯދުމަށް އާލިޔާ ކުރި ދަތުރުގައި، އޭނާ ވަނީ އޭނާއަށްވުރެ އުމުރުން ދެގުނަ ދޮށީ އަދި ތަޖުރިބާކާރު ރާޅާއެޅުންތެރިންނާ ވާދަކޮށް، އެންެން ހައިރާންކޮށްލާފައެވެ.

އާލިޔާ މުބާރާތުގައި... ފޮޓޯ: ސާފިން އެސޯސިއޭޝަން

މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.

ބައިނަލްއަޤުވާމީ މައިދާނެއްގައި ރާއްޖެ ތަމްސީލުކޮށް އާލިޔާ ހޯދި މި ކާމިޔާބީއަކީ ރާއްޖޭގެ ރާޅާއެޅުމުގެ ތާރީޚުގައި، ޚާއްޞަކޮށް އަންހެން ރާޅާއެޅުންތެރިންގެ މެދުގައި ފާހަގަކޮށްލެވޭނެ މުހިންމު ކުރިއެރުމެކެވެ. މުބާރާތުގެ އިންތިޒާމުކުރި ފަރާތްތަކުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުން އަންނަނީ އާލިޔާގެ މި ކާމިޔާބީ ފާހަގަކޮށް އޭނާއަށް ތަހުނިޔާ ކިޔަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.