ފަނަރަ ކޯޓަކަށް އިސް މެޖިސްޓްރޭޓުން ހޯދަނީ
15 ކޯޓަކަށް އިސް މެޖިސްޓްރޭޓުން ހޯދަން ޖުޑިޝަލް ސަރވިސް ކޮމިޝަނުން މިއަދު އިއުލާނުކޮށްފިއެވެ.
ޖޭއެސްސީީން އިސް މެޖިސްޓްރޭޓުން ހޯދަން އިއުލާން ކޮށްފައިވަނީ، ހދ.ނޮޅިވަރަން, ށ.ކޮމަންޑޫ, ނ.ވެލިދޫ, ބ.ދަރަވަންދޫ, ބ.ގޮއިދޫ, ޅ.ހިންނަވަރު, ކ.ކާށިދޫ, އއ.މާޅޮސް, ވ.ފުލިދޫ, މ.މުލައް, ފ.ފީއަލީ, ގއ.ގެމަނަފުށީ, ގއ.ދާންދޫ, ގދ.ރަތަފަންދޫ އަދި ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓަށެވެ.
މި މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކަށް ކަނޑައަޅާފައިވަނީ 30 ޖަނަވަރީ 2023 ވަނަ ދުވަހުގެ 12:00 އާ ހަމައަށެވެ.
އިސް މެޖިސްޓްރޭޓުންގެ އަސާސީ މުސާރައަކީ 21,000.00 ރުފިޔާއެވެ. ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިވިން އެލަވަންސްއާއި މެޑިކަލް އިންޝުއަރެންސް އަދި ފޯނު އެލަވަންސް ލިބިދެވޭނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް