N/A
N/A
ހަބަރު 19 Nov 2018 | 18:32

ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓް އަދި ދިރާގު ޓީވީގެ ހިދުމަތް ބ. ތުޅާދޫއަށް ތަޢާރަފްކޮށްފި

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގުގެ ހައިސްޕީޑް ފައިބަރގެ ހިދުމަތާއި އަދި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީ ގެ ހިދުމަތް ކަމުގައިވާ ދިރާގު ޓީވީގެ ހިދުމަތް ބ. ތުޅާދޫގައި މިއަދު ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

ބ. ތުޅާދޫ ގެ އިތުރުން އެ އަތޮޅު އޭދަފުށި އަދި ދަރަވަންދޫގައިވެސް ދިރާގުން ވަނީ މި ހިދުމަތްތައް ގާއިމުކޮށްދީފައެވެ.

ދިރާގުން ފައިބަރގެ ހިދުމަތް މުޅި ރާއްޖޭއަށް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި 2016 ވަނަ އަހަރުން ފެށިގެން ފައިބަރ ޓު ދަ ހޯމްގެ ހިދުމަތް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 41 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީ ނިމިފައިއެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ. މިހާރު ބ. ތުޅާދޫގެ ގޭބިސީތަކާއި އަދި ވިޔަފާރިތަކަށް މި ހިދުމަތް ފުރިހަމަޔަށް ލިބެމުންދާނެއެވެ.

ދިރާގުން ވަނީ މި ހިނގާ ނޮވެމްބަރު މަހުގެ ނިޔަލަށް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއްވެސް ފަށާފައިއެވެ. މި ޕްރޮމޯޝަނުގައި ގެ އަށް ފައިބަރ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން 3 މަސްދުވަސް ވަންދެން ނަންގަވާ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން %25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެއެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟
22 Nov 2026 ހަބަރު

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟

"ފައިސަލް އެ އޮތީ ކުރިމަތިލައްވަން އިއުލާނު ކުރައްވާފައި. އަޅުގަނޑެއް ކުރިމަތިލާކަށް އިއުލާނެއް ނުކުރަން،" ރައީސް ސޯލިހް ފުރަތަމަ ވިދާޅުވި އެވެ.

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި
22 Nov 2026 ހަބަރު

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި

ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ޙައިޞިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެ ކަން އެންމެ ފުރަތަމަ އިޢުލާންކުރީ ދިވެހިރާއްޖެއިންނެވެ