ސިޔާސީ ހައްޔަރީންތަކެއް ގެއަށް ދޫކޮށްލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިއަހަރުގެ ފެބްރުއަރީ މަހުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރެވުނު ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަލްެއުސްތާޛު އަބްދުﷲ ސައީދު، ފަނޑިޔާރު އަލީ ހަމީދު، އަދި ކުރީގެ ރައީސް ޔާމީން ހައްޔަރުކުރަން ސައްހަނޫން އަމުރެއް ނެރުނު މައްސަލައިގައި ހައްޔަރުކުރެވުނު ކުރީގެ ޕީޖީ މުހުތާޒް މުހުސިން އަދި މެޖިސްޓްރޭޓް އަހުމަދު ނިހާން ގެއަށް ބަދަލުކޮށްފިއެވެ.
މާފުށީ ޖަލުން މި ބޭފުޅުން ގޭބަންދަށް ބަދަލުކޮށްފައިވަނީ ދާދި ދެންމެއަކުއެވެ. މި ބޭފުޅުން މާލެއަށް ގެނެވުނު ވަގުތު، ގިނަ ބަޔަކު ވަނީ އެއް ނަންބަރު ޖެޓީ ސަރަހައްދަށް އެއްވެ، އެ ފަރާތްތަކަށް މަރުހަބާ ކިޔާފައެވެ.
މިބޭފުޅުން ގޭބަންދަށް ބަދަލުކުރެވުނު އިރު، މިބޭފުޅުންގެ އިސްތިއުނާފުގެ މައްސަލަތަކެއް އެބަކުރިއަށްދެއެވެ.
ފާާހަގަކޮށްލެވޭ ގޮތުގައި ސިޔާސީ ހައްޔަރީންތައް ދޫކޮށްލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ދުވަހުގެ ވައުދުތަކުގެ ތެރެއިން މުހިންމު ވައުދެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އިބްރާހިމް ވަރަަށް އަވަހަށް މިބޭފުޅުންނާއި ބައްދަލުކުރައްވާ ގޮތަަށް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް