އަނެއްކާވެސް ރާއްޖެއިން ކިނބުލެއް ފެނިއްޖެ
އަނެއްކާވެސް ރާއްޖެއިން ކިނބުލެއް ފެނިއްޖެއެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި، މި ކިނބޫ ފެނިފައި ވަނީ ހއ.ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ އުނގުލުފިނޮޅާއި ހުވަހަންދޫއާ ދެމެދުންނެވެ.
މި ކިނބުލުގެ ދިގުމިނުގައި ގާތްގަނޑަކަށް 6 ފޫޓު ހުރި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދިނެވެ.
"ކިނބުލެއް ފެނިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި،" އެމްއެންޑީއެފްއިން މައުލޫމާތު ދިނެވެ.
މިިދިޔަ ހަފްތާގެ ތެރޭގައިވެސް ރާއްޖެއިން ކިނބުލެއް ފެނިފައިވެއެވެ.
ކ. ބޮލިދުއްފަރު ކައިރިން އެފަހަރު ފެނުނު ކިނބޫ ހިފުމަށްފަހު، އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެރަށު 24 ނޯޓިކަލް މޭލު ބޭރަށް ދޫކޮށްލައިފިއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި، އެ ކިނބުލުގައި 14 ފޫޓު ހުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް