އިންޑިޔާގެ ހައިކޮމިޝަނަރ ކުޅުދުއްފުށީ ހޮސްޕިޓަލަށް
އިންޑީޔާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަ ހައިކޮމިޝަނަރ ޝްރީ މުނޫ މަހާވަރް ކުޅުދުއްފުށީގައި ހުންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ އަހްމަދް ދާއޫދް އާއި ބައްދަލު ކުރައްވައި އެ ހޮސްޕިޓަލްގެ އެކިއެކި ޑިޕާޓްމެންޓްތަކަށް ޒިޔާރަތް ކުރައްވައި އެތަންތަން ބައްލަވައިލައްވައިފައިވެއެވެ.

ހައިކޮމިޝަނަރ ވަނީ އިންޑިޔާއާއި ރާއްޖެ އާއި ދެމެދު އޮތް ދުވަސްވީ ގުޅުމާއި މެދު ވާހަކަފުޅު ދައްކަވައިފައިވެއެވެ. އަދި ސިއްޙީ ދާއިރާއަށް ބޭނުންވާ މީހުން އިތިރުކޮށް ތަމްރީނު ކުރުމާއި މެދު މަޝްވަރާ ކުރެވިފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް