އަހުމަދު ކްރިކް ރިޒާ.. ފޮޓޯ: ދި ޕްރެސް
އަހުމަދު ކްރިކް ރިޒާ.. ފޮޓޯ: ދި ޕްރެސް
ހަބަރު 21 Feb 2023 | 12:50

ފުއްގިރި މައްސަލަ: ހެކި ރައްކާތެރިކުރުމުގެ އަމުރުތައް ނެރެދެވެން ނެތްކަމަށް ނިންމައިފި

ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ދައުވާކޮށްފައިވާ ފަރާތްތަކުން އެދިލައްވާފައިވާގޮތަށް ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ނިންމަވައިފި އެވެ.

ފުއްގިރި މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި، ދައުވާ އުފުލާފައިވާ ކްރިކް ރިޒާ އަދި ސަންގެ ދެ ކުންފުނީގެ ފަރާތުންވެސް ވަނީ ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފަ އެވެ.

އެކަމާއި ގުޅޭގޮތުން މިއަދުގެ އަޑުއެހުމުގައި ގާޒީ ނަދީމު ވިދާޅުވީ ހެކި ރައްކާކުރުމުގެ އަމުރެއް ނެރެދޭން ޖެހޭފަދަ މަގުބޫލު ސަބަބެއް ބަޔާންކުރެވިފައި ނުވާތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ކްރިކް ރިޒާގެ ފަރާތުން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވަނީ، ތަހުގީގުގެ ބޭރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އެ މައްސަލާގައި ދައުވާކޮށްފައިވާ ކްރިކް ރިޒާއާ ބައްދަލުކޮށް ދައްކާފައިވާ ވާހަކަތަކުގެ އޯޑިއޯއެއް ސިއްރުކޮށްދިނުމަށެވެ.

ސަން އިންވެސްޓްމަންޓުން އެދިފައިވަނީ އެތެރޭގެ ތަހުގީގަކަށް އެ ކުންފުނީގެ ވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ދިން ބަޔާނަކާއި، އެ ކުންފުނީގައި މަސައްކަތް ކޮށްފައިވާ ބިދޭސީ ބައެއް މީހުން ދީފައިވާ ބަޔާންތަކަކާއި ޑިރެކްޓަރުންގެ ބޯޑުގެ ބައެއް ގަރާރުތަކަށް ސިއްރުކޮށްދިނުމަށް އަމުރު ނެރެދިނުމަށެވެ.

ދައުލަތުގެ ފަރާތުންވެސް ވަނީ ހެކި ރައްކާކުރުމުގެ އަމުރަކަށް އެދިފައެވެ. އެހެން ނަމަވެސް، އެ ހުށައެޅުމާއި ގުޅިގެން ގާޒީ ވަނީ ދައުލަތުން އެދުނު މިންވަރަށް އެ އަމުރު ނެރެދެވެން ނެތްކަމަށެވެ.

އެއާއެކު ޒާތީ މައުލޫމާތުތަކާއި ތަހުގީގަށް ހުރަސް އެޅޭ ފަދަ މައުލޫމާތުތައް އުނިކުރުމަށް ފަހު އެ ލިޔެކިޔުންތައް ދިފާއުއަށް ދޫކުރުމަށް ގާޒީ ވަނީ އަންގާފައެވެ.

ފުއްގިރި މައްސަލައިގައި ދައުލަތުން ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދެ ދައުވާއެއް އުފުލާފައެވެ. އޭގެ އިތުރުން މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސިޔާމް (ސަން)ގެ ދެ ކުންފުންޏަކާއި ކުރިކް ރިޟާގެ މައްޗަށް ދައުވާކޮށްފައި ވެއެވެ.

ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ދާއިރު، ރައީސް ޔާމީންގެ މައްޗަށް ވަނީ ވ އާރަށުގެ މުއާމަލާތާއި ގުޅިގެން އުފުލި ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ 11 އަހަރުގެ ޖަލު ހުުކުމެއް ކޮށްފަ އެވެ.

އެހެން ނަމަވެސް އެމަނިކުފާނުގެ ފަރާތްޕުޅުން އެ މައްސަލަ މިހާރުވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.