ކުޑަހުވަދޫގައި މަގުކޮންނަ އެކްސްކަވޭޓަރ މައްޗަށް ފާރެއް ވެއްޓިއްޖެ
ދ. ކުޑަހުވަދޫގައި މަގުކޮންނަ އެކްސްކަވޭޓަރ މައްޗަށް ފާރެއް ވެއްޓިއްޖެއެވެ.
މި ހާދިސާގައި ފާރު ވެއްޓުނީ އާރްޑީސީއިން މަގު ހެދުމަށް ކޮނެ ފަސްއަޅާފައި އެކްސްކަވޭޓަރ އެފާރުކައިރީގައި ޕާރކްކޮއްފައި އޮއްވައިކަމަށް ރަށުން މައުލޫމާދު ލިބިފައިވެއެވެ.
އެކްސްކަވޭޓަރ މައްޗަށް ފާރު ވެއްޓުމުގެ ސަބަބުން އެކްސްކަވޭޓަރ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.
މިހާދިސާ ހިނގި ސަރަހައްދަށް ފުލުހުންއައިސް ވަނީ މިހާރު އެމަގު ބަންދު ކޮއްފައެވެ.

މި މަސައްކަތް ކުރުމަށް އެރަށުގައި ގެންގުޅޭ ގިނަވެހިކަލްތަކަކީ ކޮންމެވެސް އަމިއްލަ މީހެއް އަތުން 3500ރ ނުވަތަ 2500ރ އަށް ދުވަހު ކުއްޔަށްނަގާފައި ހުންނަ ވެހިކަލްތަކެއް ކަމަށް އެރަށުން މައުލޫމާތު ދިނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް