"ހުޅުމާލެ އަޒީޒާ މިސްކިތުގައި ރޯދައިގެ ކުރިން ކާޕެޓް އަޅާ ނިމޭނެ"
ހުޅުމާލެ އަޒީޒާ މޫސާ މިސްކިތުގައި ކާޕްޓް އެޅުމުގެ މަސައްކަތް މިއަދު ފަށާފިއެވެ.
މި މިސްކިތުގައި ކާޕެޓް އެޅުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށާއި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ކުރިން މި މަސައްކަތް ނިންމާލެވޭނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއްވައެވެ.
ކައުންސިލުން މައުލޫމާތު ދިންގޮތުގައި މި މިސްކިތުގެ އަހުލުވެރިން ހިޔާލާއި މަޝްވަރާ ދެއްވާފައިވަނީ ނެވިލޯންގެ ބަދަލުގައި ކާރޕެޓް އަޅައި ދެއްވުމަށް ކަމަށް ވުމުން މި މިސްކިތުގައި ކާރޕެޓް އެޅިގެން ދާނީ އެބޭފުޅުން ބޭނުންފުޅުވި ގޮތަށް ކަމަށެވެ.
ކަލަންޑަރު ތަކުން ދައްކާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަަމަ ދުވަހަކީ މި ހިނގާ މަހުގެ 23 ވަނަ ދުވަހެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް