ގެއްލިގެން ހޯދަން އިއުލާން ކުރި މީހާ ފެނިއްޖެ
މާލެއިން ގެއްލިގެން ފުލުހުން ހޯދަމުންދިޔަ ކ. މާލެ / ހ. ކޯލީފްލާވަރ، އަޙްމަދު ނާޝިދު (46އ) މިހާރު ފެނިފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
އަހުމަދު ނާޝިދު ގެއްލިގެން މިއަދު ފުލުހުން ކުރި އިއުލާނުގައި ބުނީ 2023 މާރިޗު 15 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިފޯޓްކޮށްފައިވަނީ މާރިޗު 19 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.
އަދި އަޙްމަދު ނާޝިދު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާގުޅުންހުރި އެންމެހާ ބަހާތަކަށް މަޢުލޫމާތުތައް ހިއްސާކޮށް، ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ، ކުރި މަސައްކަތުން އޭރުވެސް އޭނާ ނުފެންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެކަމާއި ގުޅިގެން މީގެ އިރުކޮޅެއް ކުރިން ފުލުހުން ކޮށްފައިވާ ޓުވީޓެއްގައި ވަނީ އޭނާ މިހާރު ފެނިފައިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ފެނުނު ތަނަކާއި، އޭނާގެ ހާލަތެއް ހާމައެއް ނުކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް