އަފްޣާނިސްޠާނުގެ ސްކޫލެއްގެ ކައިރީގައި ބަޔަކު ހުއްޓިލަގެން
އަފްޣާނިސްޠާނުގެ ސްކޫލެއްގެ ކައިރީގައި ބަޔަކު ހުއްޓިލަގެން
ދުނިޔެ 21 Mar 2023 | 10:30

އެއްވެސް ކްލާހެއް ނުބާއްވައި އަފްޣާނިސްޠާނުގެ ތަޢުލީމީ އައުއަހަރު ފަށައިފި

އެއްވެސް ކްލާހެއް ބޭއްވުމެއް ނެތި އަފްޣާނިސްޠާނުގެ ތަޢުލީމީ އައު އަހަރުފަށައިފިއެވެ.

އަފްޣާނިސްޠާނުގެ ތަޢުލީމީ އައު އަހަރު މިއަދު ފެށުނުއިރު، ތަޢުލީމީ އައު އަހަރު މިއަދު ފަށާކަން ޢާންމުކޮށް އެނގޭނެހެން އެޤައުމުގައި އިޢްލާނުކޮށްފައެއް ނުވެއެވެ. އެކަން ޢާންމުކޮށް އިޢްލާނުކޮށްފައި ނުވުމުން މިއަދު ސްކޫލްތައް ހުޅުވިނަމަވެސް ދަރިވަރުން ސްކޫލްތަކަށް ހާޒިރުވެފައި ނުވާތީ އެއްވެސް ސްކޫލެއްގައި އެއްވެސް ކްލާހެއް ކުރިއަށް ގޮސްފައި ނުވާކަމަށް ޢަރަބް ނިއުސް ގައި ބުނެފައިވެއެވެ.

އަދި އެތައްހާސް، ފުރާވަރު އުމުރުގެ އަންހެން ކުދިންނެއް ވަނީ ސްކޫލަށް ދިއުމާއި ތަޢުލީމު އުނގެނުމުން މަހްރޫމްވެފައެވެ.

ޢަރަބް ނިއުސްގައި ބުނެފައިވަނީ އަފްޣާނިސްޠާނަކީ ސެކަންޑްރީ ސްކޫލަށް ދާއުމުރުގެ އަންހެންކުދިން ސްކޫލަށް ދިއުން މަނާކުރަ ހަމައެކަނި ޤައުމުކަމަށެވެ.

އޮގަސްޓު 2021 ގައި އަފްޣާނިސްޠާނުގެ ވެރިކަމާއި އަމިއްލައަށް ހަވާލުވުމަށް ފަހު ޠާލިބާނުން ދަނީ އިސްލާމީ އުސޫލުތައް ކަމަށްބުނެ ހަރުކަށި އުސޫލުތަކެއް އެކުލަވައިލާ އެއަށް ރައްޔިތުން ތަބަޢަ ކުރުވަމުންނެވެ.

އަފްޣާނިސްޠާނުގެ ތަޢުލީމީ ދާއިރާގެ ގިނަ އޮފިޝަލުންނާއި ޓީޗަރުން ބުނެފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީއިން ސްކޫލްތައް އަލުން ހުޅުވާލާ ވާހަކަ ޢާންމުކޮށް އިޢްލާނުކޮށްފައި ނުވާކަމަށެވެ.

"ސިޓީ އެއް ޕްރިންސިޕަލް މެދުވެރިކޮށް އަހަރެމެންނަށް ލިބުނީ، އޭގައި އޮތީ ސްކޫލްތައް އަލުން ހުޅުވާ ވާހަކަ، އެކަމަކު ޢާންމުކޮށް އެކަން އަންގާފައެއް ނުވޭ، އެހެންވެ އެއްވެސް ކުއްޖަކު ސްކޫލަކަށް ނާދޭ" ކާބުލް ގައި ހުންނަ ފިރިހެން ކުދިންގެ ހައިސްކޫލެއްގެ މުދައްރިސެއް ކަމަށްވާ މުޙައްމަދް އުސްމާން އަޠާޔާ ބުނެފައިވެއެވެ.

އޭއެފްޕީގެ ރިޕޯޓަރުން ކާބުލްގެ 7 ސްކޫލެއްގެ ކައިރީގައި މަޑުކޮށް މަންޒަރުބަލައި ރިޕޯޓުކޮށްފައިވަނީ ސްކޫލަށް ހާޒިރުވީ މަދު މުދައްރިސަކާއި ޕްރައިމަރީ ދަރިވަރުން ކޮޅެއް އެކަނި ކަމަށެވެ. އަދި އެސްކޫލްތަކުގައި ވެސް އެއްވެސް ކްލާހެއް ނެގިފައި ނުވާކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ހީރަތް، ކުންޑުޒް، ޤަޒްނީ އަދި ބަދަކްޝާން ފަދަ ޕްރޮވިންސްތަކުގައި ވެސް ސްކޫލްތައް ހުޅުވި ނަމަވެސް އެއްވެސް ވަރަކަށް ކިޔަވައިދީފައި ނުވާ ކަމަށް ޢަރަބް ނިއުސް ގައި ބުނެފައިވެއެވެ.

އަންގާރަދުވަހު އަފްޣާނިސްޠާނުގައި ސްކޫލްތައް ހުޅުވުނުއިރު އެދުވަސް ދިމާވަނީ ޠާލިބާނުން ވެރިކަމަށް އައުމުގެ ކުރިން އަފްޣާނިސްޠާނުގެ އެކި ކަންކޮޅުތަކުގައި ކުލަ ގަދަކޮށް ފާހަގަ ކުރެވޭ ފާރިސީ އައު އަހަރު ފެށޭ ދުވަހާއިއެވެ. ނަމަވެސް މިހާރު އެދުވަސް ފާހަގަކުރުމަކީ އޮންނަ ކަމެއް ނޫނެވެ.

ސްކޫލްތައް ހުޅުވުނު ނަމަވެސް ފުރާވަރު ޢުމުރުގެ އަންހެން ކުދިންނަށް ސްކޫލްތަކަށް ދެވޭނެ ގޮތެއް އަދިވެސް ވަނީ ނުވެފައެވެ. އެތައް ހާސް އަންހެންކުދިނެއް ސްކޫލަށް ދިއުމާއި ތަޢުލީމު އުގެނުމުގެ ހައްޤުން ތިބީ މަހްރޫމްވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.