ރައީސް ޞާލިޙް ކޯލިޝަނާއި ބައްދަލުކުރައްވަނީ. ފޮޓޯ: ދައުރު
ރައީސް ޞާލިޙް ކޯލިޝަނާއި ބައްދަލުކުރައްވަނީ. ފޮޓޯ: ދައުރު
ހަބަރު 21 Mar 2023 | 18:12

ރައީސް ޞާލިޙް އައު ކޯލިޝަނާއި ބައްދަލުކުރައްވައިފި

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އައު ކޯލިޝަންގެ އިސްލީޑަރުންނާއި މުލިއާގޭގައި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރުމުގައި ބައިވެރިވެފައިވަނީ ކުރިންވެސް ރައީސް ޞާލިޙުގެ ކޯލިޝަންގައި އޮތް ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޝެއިޙް ޢިމްރާން ޢަބްދުﷲ އާއި އަލަށް ކޯލިޝަނާއި ގުޅުނު މޯލްޑިވްސް ޑިމޮކްރެޓިކް އެލައެންސްގެ ރައީސް އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމެވެ. މީގެ އިތުރުން އެމްޑީޕީ ގެ ބައެއް އިސްވެރިންނާއި އަނެއް ދެޕާޓީއިން ވެސް އިސް ލީޑަރުން ބައިވެރިވެފައިވެއެވެ.

ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަން އަދި އެއްވެސް ޕާޓީއަކުން މީޑިއާތަކަށް ހިއްސާކޮށްފައެއް ނުވެއެވެ.

ރިޔާސީ އިންތިޚާބު ގާތް ވަމުން އަންނައިރު އިންތިޚާބުގައި ބައިވެރިވާ ފަރާތްތަކުގެ ވާދަވެރިކަން ދަނީ އިތުރުވަމުންނެވެ.

އެމްޑީޕީ އާއި ޢަދާލަތު އަދި އެމްޑީއޭ ގެ ކޯލިޝަނުން ރައީސް ޞާލިޙު އިންތިޚާބަށް ނެރުމަށް ނިންމާފައިވާއިރު ޕީޕީއެމް އަދި ޕީއެންސީގެ ކޯލިޝަނަށް އިތުރު ބަޔަކު އަދި ގުޅުފައެއް ނުވެއެވެ. އަދި ފާހަގަ ކޮށްލަން ޖެހޭ އަނެއް ކަމަކީ އެކޯލިޝަނުން ކެނޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ނިންމާފައިވާ ކުރީގެ ރައީސް ޔާމިން ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށް ޖަލުގައި ކަމެވެ. ކޯލިޝަނާއި ލޯޔަރުންގެ ޓީމުން ކެނޑިނޭޅި ރައީސް ޔާމިން މިނިވަން ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކަމުގެ އަލިމަގެއް އަދިއެއް ފެނިފައެއް ނުވެއެވެ.

ޖުމްހޫރީ ޕާޓީ އިން ނިންމާފައިވަނީ ރިޔާސީ އިންތިޚާބަށް އެޕާޓީގެ ކެނޑިޑޭޓަކު ނެރުމަށެވެ. އެޕާޓީއިން ކޯލިޝަން ހަދާނެ ކަމެއް ނުވަތަ ނުހާދާނެ ކަމެއް އަދި އެއް އެނގިފައެއް ނުވެއެވެ. ނަމަވެސް އިއްޔެ އެޕާޓީއިން ވަނީ ކުރީގެ ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމްގެ އެމްއާރްއެމްގެ ލީޑަރޝިޕާއި ބައްދަލުކޮށްފައެވެ. އަދި އެމްއާރްއެމްގެ ފާރިސް މައުމޫނަކީ ރަނިން މޭޓަކަށް ކަމުދާނެ ބޭފުޅެއް ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް އިޢްލާނު ކޮށްފައިވާ އެމްއެންޕީ އިން އެއްވެސް ޕާޓީ އަކާއި ނުވަތަ މިނިވަން ކެނޑިޑޭޓަކާއި ވެސް މަޝްވަރާ ކުރި ކަމެއް މީޑިއާތަކަށް އެނގިފައެއް ނުވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.