ފޮޓޯ: ލޮނުމެދު
ފޮޓޯ: ލޮނުމެދު
ދުނިޔެ 21 Apr 2023 | 01:26

ޢީދު ސަޔަށް ހެދީ ކޯއްޗެއް؟

ޢީދަށް ހަނދު ބެލުމާއި އެކު ޢީދު ދުވަހު ހެނދުނު ސަޔަށް ބޯކިބާ އެޅުމަށް އަންހެންވެރިން ތައްޔާރުވެއެވެ. ޒަމާނުއްސުރެ އޮތް މިއާދަ އަދިވެސް ރާއްޖޭގެ ގިނަ ގޭގޭގައި ވަނީ ދަމަހައްޓައިފައެވެ. ކުޅި ރަހަޔާކާއި ފޮނި ރަހައެކެވެ.

ދިވެހިންނެކޭ އެއްގޮތަށް ދުނިޔޭގެ އެކި ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންވެސް ޢީދަށް ޚާއްސަ ކާބޯތަކެތި ތައްޔާރު ކުރެއެވެ. ޢީދުގެ އިހްސާސް އާކޮށްދޭނެހެން ޚާއްސަ ކާތަކެތި ތައްޔާރު ކުރެއެވެ.

އެގޮތުން މެދުއިރުމަތީގައި އެންމެ ޢާންމު އަދި އާދަކާދައިގެ މަތިން ތައްޔާރު ކުރާ އެއްޗަކީ ރަވާ ފުށުން ތައްޔާރު ކުރާ އެތެރެއަށް ޗިސްކޮށްފައި ހުންނަ ކަދުރު އަޅައިގެން ތައްޔާރުކުރާ ބިސްކޯދެއް ފަދަ އެއްޗެކެވެ. ބައެއްމީހުން އެކިބާވަތްތަކުގެ މަދުގެ ބާވަތްތައް ބޭނުންކުރެއެވެ. އަދި އޭގެ މައްޗަށް މުގުރައިފައި ހުންނަ ހަކުރު އަޅައިފައި ހުރެއެވެ. މިއަށް ދީފައިވާ ނަމަކީ މައުމޫލް އެވެ.

އަވައްޓެރި ޕާކިސްތާން އަދި އިންޑިޔާގެ މުސްލިމުން ޢީދު ދުވަހުގެ ހެނދުނަށް ޙާއްސަކޮށްގެން ތައްޔާރު ކުރަނީ ޝީރް ކޮރްމާ ނުވަތަ ސަވައްޔާއެވެ. ވާމެސިލީ އާއި ކިރު މައިގަނޑު އެއްޗަކަށް ބޭނުން ކުރާ މި ކެއުމުގައި ހިކި މޭބިސްކަދުރާއި އެކި އާމަންޑް އަދި ކެޝޫނަޓްސް ބޭނުން ކުރެއެވެ.

ތުރްކިޔޭ އާއި އެސަރަހައްދުގެ ގިނަ ޤައުމު ތަކުގައި ތައްޔާރު ކުރަނީ ބަކްލާވާ އެވެ. ބަކްލާވާ އަކީ ދިވެހިންނަށް ވެސް މިހާރު އައު އެއްޗަކަށް ނުވާނެއެވެ. އެކަމަށް ޚާއްސަ ޕޭސްޓްރީ ފުށްގަނޑަކާއި ޕިސްތާ އަދި އޮރެންޖް ރަހަ ލައްވާފައި ހުންނަ ހަކުރު ސިރަޕެއް މި ހެދުމަށް ބޭނުންކުރެއެވެ.

ނައިޖީރިޔާގެ މުސްލިމުން ތައްޔާރުކުރަނީ އަމާލާ ނަމަކަށް ކިޔާ ކެއުމެކެވެ. އަދި އެއާއި އެކު އެވެދޫ އޭ ކިޔާ ފަތްޕިލާވެލިން ތައްޔާރު ކުރާ ސޫޕެކެވެ. އަދި އަލަ ނުވަތަ ދަނޑިކައްޓަލައިގެ ފުށުން ތައްޔާރު ކުރާ ފޫފޫ އާއި އެކު އެއްގަމު މަހުގެ ރިހައެވެ.

ބޮސްނިއާ އަދި ހަރްޒުގްވީނާ ގައި ތުއްފާހިޖާ އެވެ. ތުއްފާހިޖާ އަކީ އާފަލު މައިގަނޑު އެއްޗެއްކަމުގައި ހިމަނައިގެން ތައްޔާރުކުރާ ފޮނި ކާއެއްޗެކެވެ. އެގޮތުން ވޮލްނަޓްސް އަދި ހަކުރުން ސިރަޕް ހަދައިގެން ބޭނުންކުރެއެވެ.

މޮރޮކޯގައި ތައްޔާރުކުރަނީ ކޮތަރު މަހުން ނުވަތަ ކުކުޅު މަހުން ތައްޔާރުކުރާ ލޮނު ރަހަލާ ޕައި އެކެވެ. ބަސްތިއްލާ ނަމަކަށް ކިޔަ މި ޕައި ތައްޔާރުކުރަން ބޭނުން ކުރާ މަސް 2 ދުވަސް ކުރިން މެރިނޭޓް ކުރަން ބަހައްޓައެވެ. ތެލުލައިގެން ނުވަތަ ފިހެގެން މި ޕައި ކައިއުޅެއެވެ.

ދިވެހިންނެކޭ އެއްގޮތަށް މުސްލިމް އެހެން ޤައުމު ތަކުގައި ވެސް ޢީދާއި ގުޅޭ ޚާއްސަ ކަންކަން ކޮށް އުޅެއެވެ. ޚާއްސަ ކެއުންތައް ތައްޔާރު ކުރުމާއި، އާއިލީ އެއްވުންތަކާއި، ހަދިޔާ ބަދަލުކުރުމާއި މިފަދަ އެތައް ކަންތައްތަކެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.