ހާދިސާ ހިނގި ސަރަހައްދު
ހާދިސާ ހިނގި ސަރަހައްދު
ދުނިޔެ 21 Apr 2023 | 05:12

ޔަމަންގައި ޞަދަޤާތް ބަހަމުން ދިޔަ ތަނެއްގައި ފިތި ބާރުވެގެން 78 މީހަކު މަރުވެއްޖެ

ޔަމަނުގެ ވެރިރަށް ސަންޢާގައި ސަދަޤާތް ބަހަމުން ދިޔަ ތަނަކަށް އެއްވި މީހުންގިނަވެ ފިތި ބާރުވެގެން 78 މީހަކު މަރުވެއްޖެއެވެ.

މިކަން ހިނގާފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. އަލްޖަޒީރާގައި ބުނެފައިވަނީ ޞަދަޤާތުގެ ގޮތުގައި ތަކެތި ބަހަމުން ދިޔައީ ސްކޫލެއްގައި ކަމަށާއި، ކުރިއަށް އޮތް ޢީދާއި ގުޅުވައިގެން ބެހި މި ޞަދަޤާތް ލިބިގަތުމަށް އެތައް ސަތޭކަ ބަޔަކު އެ ސްކޫލަށް ޖަމާވިކަމަށެވެ.

ޔަމަނުގެ ހޫތީންގެ އޮފިޝަލް މީޑިއާއިން އާންމު ކޮށްފައިވާ ވީޑިއޯ އިން ފެންނަ ގޮތުން އެތަނަށް ޖަމާވި މީހުންގެ ޢަދަދު ގިނަވެ ތޮއް ޖެހި ފިތި ބާރުވެގެން މީހުންތައް ހަޅޭއްލަވާ އަޑާއި ރޯ އަޑު ވަރަށް ބާރަށް އިވެއެވެ. އަދި ސެކިޔުރިޓީ ސްޓާފުން މީހުންތައް ކޮންޓްރޯލް ކޮށް އަމާން ކުރަން މަސައްކަތް ކުރާ ތަން ފެނެއެވެ.

މަންޒަރުދުށް ދެމީހަކަކު ނިއުސް އެޖެންސީ އަކަށް ބުނެފައިވަނީ ތަނުގެ ބާރު ބޮޑުވެ މީހުންގެ ހަޅޭކުގެ އަޑަށް ހޫތިންގެ ސިފައިންގެ މީހަކު ހަވަޔަށް ބަޑި ޖަހައިފައި ވާކަމަށެވެ. އަދި ހަވަޔަށް ދޫކޮށްލި ވަޒަން އައިސް އެތަނުގައި ހުރި ކަރަންޓު ވަޔަރެއްގައި ޖެހި ގޮވުންތަކެއް ގޮވައިފައި ވާކަމަށެވެ. އަދި އެކަމުގެ ސަބަބުން އެއްވެފައި ތިބި މީހުންގެ މެދުގައި ވަރަށް ބޮޑަށް ބިރުވެރިކަން އުފެދިގެން ދިޔަ ކަމަށް ބުނެފައިވެއެވެ.

ހޫތީންގެ ދާޚިލީ ވަޒީރު ބުނެފައިވަނީ މި ހިތާމަވެރި ހާދިސާ ހިނގައިގެން ދިޔުމުގެ އަސްލު ސަބަބަކީ ޞަދަޤާތުގެ ގޮތުގައި ތަކެތި ބެހި ފަރާތުން ކަމާއި ބެހޭ އިދާރާތަކަށް އެންގުމެއް ނެތި އިންތިޒާމެއް ނެތި އެކަން ކުރުން ކަމަށެވެ.

މިކަން އިންތިޒާމް ކުރި ދެ ފަރާތާއި މެދު ފިޔަވަޅު އެޅިފައިވާކަމަށާއި، މައްސަލަ ތަހްޤީޤް ކުރެވެމުން ދާކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 2000 ޑޮލަރު ދޭނެ ކަމަށާއި، ހާދިސާގައި އަނިޔާވި ކޮންމެ މީހެއްގެ އާއިލާއަށް 400 ޑޮލަރު ދޭނެކަމަށް ބުނެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.