ކޮވިޑް-19 ޖެހުމަށްފަހު ޝިފާލިބުނު 80 އަހަރުގެ އަންހެނަކު ނިޔާވެއްޖެ
ދިވެހިރާއްޖޭގައި ކޮވިޑް-19 ޖެހުމަށްފަހު ޝިފާލިބުނު 80 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ.
މިއީ ނ.މަނަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ އަންހެންމީހާއެވެ. އެ އަންހެންމީހާ ނިޔާވެފައިވަނީ ޝޮކެއް ޖެހިގެން އައިސީޔޫގައި ފަރުވާދެމުން ދަނިކޮށްކަމަށް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މި އަންހެންމީހާ ބަލިން ރަނގަޅުވިކަން އިއުލާން ކުރެވުނީ މިދިޔަ ހޯމަ ދުވަހުގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އުމުރުން 80 އަހަރުގެ އަންހެންމީހާ މަނަދޫއިން މާލެއަށް ފުރަތަމަ ގެނެވުނީ ސިއްހީ އެހެން މަައްސަލައަކާއި ގުޅިގެންނެވެ. ނަމަވެސް އޮންނަ އުސޫލުގެ ދަށުން އެ އަންހެންމީހާގެ ސާމްޕަލް ނެގުމުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
މިކަން އެނގިފައިވަނީ އެ އަންހެންމީހާއަށް ސިއްހީ މައްސަލައަށް ފަރުވާދީ ހޮސްޕިޓަލުން ދޫކޮށްލި ފަހުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް