ހިޔާ ދެފްލެޓް އެއްކޮށްލައިގެން ހަދާފައިވާ އެޕާޓްމެންޓް/ ފޮޓޯ: ޓްވިޓާ
ހިޔާ ދެފްލެޓް އެއްކޮށްލައިގެން ހަދާފައިވާ އެޕާޓްމެންޓް/ ފޮޓޯ: ޓްވިޓާ
ހަބަރު 21 Jun 2023 | 00:47

އެއްކޮށްލި ހިޔާގެ ދެ ފްލެޓް އަތު ނުލުމަށް އަރބަންކޯއިން ނިންމައިފި

ފާރު ތަޅާލައިގެން ދެ އެޕާޓްމަންޓް އެއްކުރި މައްސަލައިގައި، އެއްކޮށްލި ހިޔާގެ ދެ ފްލެޓް އަތުނުލުމަށް އަރބަންކޯއިން ނިންމައިފިއެވެ.

އަރބަންކޯއިން ބުނީ، ހިޔާގެ ދެ ފުލެޓު އެއްކޮށްލުމާއި ގުޅިގެން އެ ކޯޕަރޭޝަންގެ ފަރާތުން ވަނީ އެފަރާތްތައް ޖޫރިމަނާކޮށް، ޔުނިޓުތައް ހަވާލު ކުރި އިރު ހުރިގޮތަށް އަލުން ބަދަލު ކުރުމަށް އަންގާފައި ކަމަށެވެ.

އެކަން ކުރުމަށް ދިން މުއްދަތު އިތުރު ކޮށްދިނުމަށް އެދި ފުލެޓުގެ ވެރިފަރާތުން އަރބަންކޯއަށް ހުށަހަޅާފައިވާތީ، އެ ހުށަހެޅުމުގައި ހިމަނާފައިވާ ސަބަބުތަކަށް ބަލައި، ޔުނިޓްތަކަށް ގެނެސްފައި ބަދަލުތައް ހައްލު ކުރުމަށް އިތުރު ހަތް ދުވަހުގެ ފުރުސަތެއް ދީފައި ވާކަމަށް އަރބަންކޯއިން ބުންޏެވެ.

އަދި ފްލެޓް އެއްކޮށްލި ފަރާތުން މި މުއްދަތުގެ ތެރޭގައި އެ މަސައްކަތް ފަށާފައި ވާތީ، ފުލެޓް އަތުނުލުމަށް މިހާރުނިންމާފައި ވާކަމަށް އަރނބަންކޯއިން ބުންޏެވެ.

"ނަމަވެސް ކޮށްފައިވާ ޖޫރިމަނާއަށް އެއްވެސް ލުއެއް މިކޯޕަރޭޝަނަކުން ނުދޭނެ. މިކޯޕަރޭޝަނުން މަސައްކަތް ކުރަމުން މިދަނީ މިފަދަ ކަންކަން ތަކުރާރުވެ ނުދިއުމަށް" އަރބަންކޯއިން ބުންޏެވެ.

އެއްބަސްވުމާ ޚިލާފަށް ހިޔާ ޔޫނިއަންގެ ނައިބު ރައީސް އަހުމަދު ޝަމާލު އަދި އާއިލާ މީހާކާއެކު ދެ އެޕާޓްމަންޓް އެއްކޮށްލައިގެން އުޅެނިކޮށް ފަޅާއެރުމުން އާބަންކޯ އިން ވަނީ އެ ދެތަނުގެ ވެރިފަރާތްވެސް 100،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

އަދި ތަން ކުރިން ހުރި ގޮތަށް ހަދަން ދިން މުއްދަތު ހަމަވިއިރު ޖޫރިމަނާ ނުދައްކައި، ތަން އަލުން ރާނާފައެއްވެސް ނުވެއެވެ. އެހެންކަމުން މީގެ ކުރިން އަރބަންކޯއިން ނިންމާފައި ވަނީ ތަން އަތުލުމަށެވެ.

ދެ އެޕާޓްމެންޓް އަތުލުމަށް އާބަންކޯ އިން ނިންމި ނިންމުން ހުއްޓުވަން އެ ދެފްލެޓްގެ ވެރިން ސިވިލް ކޯޓަށް ދިއުމުން  އެގޮތަށް އަމުރު ނެރެނުދެވޭނެ ކަމަށް ސިވިލްކޯޓުން ވަނީ ބުނެފައެވެ.

އެފަދައިން ފްލެޓްގެ އިންފާރު އެއްކޮށްކަހަލަ ގޮތަކަށް ތަޅާލައި ގުޅުވާލުމަކީ  25 ބުރީގެ ހިޔާ އިމާރާތައް ވެސް ބޮޑެތި ގެއްލުން ލިބޭނެ ކަމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.