ހއ. ކެލާ. ފޮޓޯ: ސޯސަލް މީޑިއާ
ހއ. ކެލާ. ފޮޓޯ: ސޯސަލް މީޑިއާ
ހަބަރު 21 Jun 2023 | 01:27

ހަތަރު ލައްކަ ޚަރަދު ކޮށްގެން، ޢީދު ފާހަގަކުރަން، އިންޑިއާ ބޭންޑެއް ގެންނާތީ ކެލާ ކައުންސިލް ހޫނުފެނަށް!

ކުރިއަށް އޮތް ބަރަކާތްތެރި އަޟުހާ ޢީދު ފާހަގަކުރުމަށް، ހަތަރު ލައްކަ ރުފިޔާ ޚަރަދު ކޮށްގެން، އިންޑިއާގެ މިއުޒިކް ކުޅޭ ބޭންޑެއް ގެނައުމަށް ހއ. ކެލާ ކައުންސިލުން ނިންމުމާއި ގުޅިގެން، ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ކައުންސިލަށް އަމާޒުވެއްޖެ އެވެ.

އެކަން އަންގައި ކެލާ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ވަނީ ބޮޑު އީދަށް އިންޑިއާގެ ބޭންޑް ގެނައުމަށް ބަޖެޓު ސީލިންގގެ ގޮތުގައި 400،000 ރުފިޔާ ހަމަޖެއްސުމަށް އެކައުންސިލްގެ ހަތަރުވަނަ ދައުރުގެ 101 ވަނަ އާއްމު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ކެލާ ކައުންސިލްގެ ފޭސްބުކް ޕޭޖުގެ ޕޯސްޓް

މިކަމާއި ގުޅިގެން ނުރުހުން ފާޅުކޮަށް ކޮމެންޓު ކުރި ގިނަ މީހުން ވަނީ އެއީ ބޮޑު އިސްރާފެއް ކަން ފާހަގަކޮށް، އެގޮތަށް އިންޑިއާގެ ބޭންޑެއް އީދު ޝޯއަށް ގެނައުމަށް ވުރެ މުހިންމު ކަންކަން ރަށުގެ ތަރައްގީއަށް އެ ހަތަރު ލައްކަ ރުފިޔާއިން ކުރެވިދާނެ ކަމަށް ބުނެފައެވެ.

އަދި ބަރަކާތްތެރި ވެގެންވާ ޢީދެއް ފާހަގަ ކުރުމަށް އެފަދަ ހަރާން ކަންކަން ކޮށް ރައްޔިތުންނަށް ދުނިޔެއާއި އާޚިރަތުގައި ވެސް ގެއްލުންވަނިވި ގޮތަކަށް ރައްޔިތުންގެ ފައިސާ ބާތިލް ކޮށްގެން ނުވާނެ ކަމަށާ އެ ނިންމުން ބާތިލް ކުރުމަށްވެސް އެދިފައިވެއެވެ.

ރަށަށް ފައިދާވާ ކަންކަން ކުރުމަށް ކައުންސިލްތަކުގައި ބަޖެޓް ނެތް ކަމަށް ބުނާއިރު، އެފަދަ ކަންކަމަށް ބޮޑު ބަޖެޓެއް ކަނޑައެޅުމުން އެއިން އެނގެނީ ކައުންސިލް ބޭނުން ކަންކަމަށް ބަޖެޓު ހުންނާނެ ކަން ކަމަށްވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.

"ތިކަމުން ދޭހަވަނީ ރަށަށް ފައިދާހުރި އެހެން ކަންކަން ކުރަންވެސް ކައުންސިލުން ބޭނުންވެއްޖެ ނަމަ ބަޖެޓު ލިބޭނެކަން،" އެކަމާ ގުޅިގެން ފޭސްބުކްގައި މީހަކު ކުރި ކޮމެންޓެއްގައި ބުނެފައިވެ އެވެ.

"ތި ފައިސާ ރައްޔިތުންނަށް ބެހިޔަސް މާ ރަނގަޅުވާނެ،"

"ތި ލާރިން ކުރާނެ ކަމެއް ނޭނގެންޏާ ރަށު ބޮޑު މިސްކިތު އޭސީ ހަރުކޮށްބަލަ. މިއުޅެނީ އިންޑިޔާ ބޭންޑު ނުގެނެވިގެންދޯ؟"

"ރައްޔިތުންގެ ލާރި ހޭދަކުރި ގޮތާއިމެދު ސުވާލު ވެވޭނެ ދުވަހެއް އަންނާނެކަމާމެދު، ރައްޔިތުން މަތިކޮށްފައިތިބޭ އިސްވެރިން ވިސްނާލަންޖެހޭ. ތިމާ މެންނަށް ލިބިފައިވާ އަމާނާތާމެދު ފަރުވާ ކުޑަކޮށް ނުލާ"

ކެލާ ކައުންސިލްގެ ނިންމުމާ ގުޅިގެން ބައެއް މީހުން ކުރި ކޮމެންޓްތަކުގައި ބުނެފައިވެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.