ގޮއިދޫ ފަރަށް ލޯންޗެއް އަރައިފި
ށ ގޮއިދޫ ފަރަށް ފަރަށް ލޯންޗެއް އަރައިފިއެވެ.
ގޮއިދޫގެ ނެރުގެ އިރުމަތީފަރާތު ފަރަށް އަރައިފައިވަނީ "ފްލައިން ފިޝް 16" ނަމަކަށް ކިޔާ ލޯންޗެކެވެ.
މި ހާދިސާ ހިނގައިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ލޯންޗް ފުންކުރުމުގެ މަސައްކަތް ގޮއިދޫގެ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި އެކު ކުރެވިފައިވާކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.
އަދި ލޯންޗުން ދަތުރުކުރި ދަތުރުވެރިންނާއި ލޯންޗު ސަލާމަތް ކުރުމުގައި އަވަސް ފިޔަަވަޅުތަކެއް އެޅިފައިވާކަމަށް ވެސް އެކައުންސިލުން ވަނީ ބުނެފައެވެ.
މި ހާދިސާގައި ލޯންޗުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ކަނޑު މަތީގެ މިފަދަ ހާދިސާތައް އާންމުކޮށް ހިނގައި އުޅެނީ މޫސުން ގޯސް ދުވަސްވަރުއެވެ.
ކަނޑުމަތީގެ މިފަދަ ހާދިސާތަކުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށް ދިނުމުގައި ދިވެހިން އަބަދުވެސް ދައްކުވައިދެނީ ފުރިހަމަ ނަމޫނާއެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް