އެއާޕޯޓުން ފެނުނު ޑޮލަރުތަކެއްގެ ވެރިފަރާތް ހޯދަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފެނިފައިވާ ޑޮލަރުތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
މިކަން ހާމަކޮށް ފުލުހުން ބުނީ، މި ޑޮލަރުތައް ފެނިފައިވަނީ 2023 ޖުލައި 20 ވަނަ ދުވަހުގެ 18:28 އެހާކަންހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓަރމިނަލް ކަފިހިހުރަސް ސަރަހައްދުން ކަމަށެވެ.
މި ފައިސާތަކުގެ ވެރިފަރާތް ހޯދުމަށްޓަކައި ފުލުހުން މިހާތަނަށްކުރި މަސައްކަތުން މި ފައިސާތަކުގެ ވެރިފަރާތް ހޯދިފައިނުވާ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ވީމާ ފައިސާތަކުގެ ވެރިފަރާތުން، އެއާޕޯޓު ޕޮލިސްގެ ނަންބަރު 9400056 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު އެއާޕޯޓު ޕޮލިހަށް ހާޒިރުވެ ފައިސާއާ ހަވާލުވުމަށް ފުލުހުން އެދިފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް