ސައިކަލެއް ވަގަށް ނެގި މީހަކު އާންމުން ފުލުހުންނާއި ހަވާލުކޮށްފި
ހެންވޭރު ކޮޅުގައި ހުންނަ މަޝްހޫރު މާޑު ގަރާޖު ކައިރިން ސައިކަލެއް ވަގަށް ނެގި މީހަކު އާންމުން ފުލުހުންނާއި ހަވާލުކޮށްފިއެވެ.
"ވޮއިސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ 18:45 ގައި ހިނގި މިހާދިސާގައި އާންމުން ވަނީ ސައިކަލް ވަގަށްނެގި މީހާ ހުއްޓުވާ އޭނާއަށް އަނިޔާކޮށް ފުލުހުންނާއި ހަވާލުކޮށްފައެވެ. މި މީހާއަށް އަނިޔާކޮށްފައިވަނީ އޭނާއަކީ ތަކުރާރުކޮށް ސައިކަލު ވަގަށްނަގާ މީހެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި މީހާގެ ސައިކަލު ވަގަށް ނެގުމުގެ އެތަކެއް މައްސަލައެއް ޕީޖީ އޮފީހުގައި އެބައޮތް ކަމަށް މި މައްސަލައިގައި އެ ސަރަހައްދަށް ދިޔަ ފުލުހުންގެ އައިއޯ ބުނެފައިވާކަމަށްވެސް "ވޮއިސް" އަށްވަނީ މައުލޫމާތު ލިބިފައެވެ. އަދި މިކަމުގައި ފުލުހުންނަށް ކުރެވޭނެ އިތުރު ކަމެއް ނެތް ކަމަށްވެސް އައިއޯ ބުނި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި މައްސަލައިގައި މިހާތަނަށް ފުލުހުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް