ހުޅުމާލޭގައި އާންމު ތަންތަނުން ބޯފެން ލިބޭ ގޮތް ހަދަނީ
ހުޅުމާލޭގައި އާންމު ބައެއް ސަރަަހައްދުތަކުގައި ބޯފެން ލިބޭ ގޮތް ހަދަން އެޗްޑީސީން ނިންމައިފިއެވެ.
އެޗްޑީސީން އެމްޑަބްލިއުއެސްސީއާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ އާންމު ތަންތަނުގައި ބޯފެން ލިބޭނެ ގޮތް ހަމަޖެެއްސުމަށް ވަނީ ހަވާލުކޮށްފައެވެ.
އެޗްޑީސީން ބުނީ، މިއީ ހުޅުމާލޭގެ އާންމު ތަންތަނުން ފަސޭހަ ކަމާއެކު ބޯފެން ލިބޭނެ ގޮތް އިތުރު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން އެއްފަހަރު ބޭނުންކޮށްފައި އެއްލާލައި ޕްލާސްޓިކް މަދުކުރެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
މި މަޝްރޫއަކީ ގިނަ ބަޔަކަށް ބޯ ފެން ފަސޭހަކަމާ އެކު ލިބިގެން ދާނެ މަޝްރޫއެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް