ލ.ގަމުން ގެއްލުނު ދުވަސްވީމީހާ ފެނިއްޖެ
އިއްޔެ ހަވީރު ގެއްލިގެން ހޯދަން ފެށި ލ. އަތޮޅު ގަމުގެ އުމުރުން ދުވަސްވީ އަންހެން މީހާ މިއަދު ހެނދުނު ފެނިއްޖެއެވެ.
ގެއްލިގެން ހޯދީ ގަން ތުނޑި ރަތްފުސްގެ ޚަދީޖާ އަބްދުލް ރަހްމާން, 85 ކަމަށް މައުލޫމާތު ލިބެއެވެ.
އޭނާ ގެއްލިގެން ހޯދުމަށް އޭނާގެ އާއިލާއިން ވަނީ ފޭސްބުކްގައި ޕޯސްޓެއްވެސް ކޮށްފައެވެ. މި ޕޯސްޓުގައި ބުނެފައިވާ ގޮތުން އޭނާގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މިއަދު ހަވީރު 5:45 ހާއިރުއެވެ.
އޭނާ ފެނުނީ މިއަދު ހެނދުނު 06:45 ކަންހާއިރު ފަޅުގެއެއްގެ ކައިރީ އޮއްވައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް މިވަގުތު ދަނީ ގަމު ރީޖަނަލް ހިސްޕިޓަލުގައި ފަރުވާދެމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް