މެމްބަރު ޝިފާއު މަޖިލީހުގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: ޝިފާއު
މެމްބަރު ޝިފާއު މަޖިލީހުގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: ޝިފާއު
ހަބަރު 21 Sep 2022 | 07:17

ދީނީ ކަންކަމަށް އެންމެ ބޮޑު ސަމާލުކަމެއް ދެވިފައި އޮތީ އެމްޑީޕީގެ ވެރިކަމުގައި: ޝިފާއު

ދީނީ ކަންކަމަށް އެންމެ ބޮޑު ސަމާލުކަމެއް ދެވިފައި އޮތީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވެރިކަންތަކުގައިކަމަށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

ޝިފާއު މިފަދައިން ވިދާޅުވެފައިވަނީ ނިމިދިޔަ ސަރުކާރުން އެކުލަވާފައިވާ ގައުމީ ފަތުވާ މަޖިލީހުގެ ދައުރު ހަމަވެގެން ދިޔަތާ އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރުވެސް މި ސަރުކާރުން އެ މަޖިލިސް އެކުލަވާލާފައި ނުވާކަން ފާހަގަކުރައްވާ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ހުށައެޅުއްވި ގަރާރަށް ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ އިސްލާމްދީން ކުރިއެރުވުމަށްޓަކައި، އަދި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އެކި ސަރުކާރުތަކުން އެކި ވަރަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވޭކަމަށެވެ. އެހެން ނަމަވެސް ހުރިހާ ވެރިކަންތަކުން ކޮށްފައިވާ މަސައްކަތަށް ބަލާއިރު، އެންމެ ބޮޑަށް އިސްލާމްދީން ކުރިއަރުވާ ދީނީ ކަންކަމަށް އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ އެމްޑީޕީގެ ވެރިކަންތަކުގައިކަމަށެވެ.

"ފާހަގަކުރެވޭ ޚާއްސަ ގޮތެއްގައި އެމްޑީޕީގެ ވެރިކަންތަކުގައި ދިވެހިރާއްޖޭގެ އިސްލާމީ ވަހުދަތު ކުރިއެރުވުމަށްޓަކައި މުހިންމު މަސައްކަތްތަކެއްކޮށް ޚާއްސަ ސަމާލުކަމެއް ދީފައި އޮތްކަން އެހެން ވެރިކަންތަކާއި އަޅާ ބަލާއިރު"

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޢު

ޝިފާއުގެ ވާހަކައިގައިވަނީ އެމްޑީޕީއިން ދީނީ ވަހުދަތު ކުރިއެރުމަށް ކުރި މުހިންމު މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވާފައެވެ.

އޭގެ ތެރޭގައި ފުރަތަމަ ފަހަރަށް އިސްލާމިކް މިނިސްޓްރީގެ ނަމުގައި މިނިސްޓްރީއެއް އުފައްދާވައިވަނީވެސް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައިކަމަށް ޝިފާއު ވިދާޅުވިއެވެ. އެއާއެކު އިސްލާމީ ފިގުހު އެކަޑަމީއެއް ގާއިމުކުރުމުގެ މަސައްކަތަކީވެސް ކުރެވުނު ކާމިޔާބު މަސައްކަތެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ޝިފާއު މިފަދައިން ފާހަގަކުރެއްވި ނަމަވެސް، އެމްޑީޕީއާއި ސިޔާސީ ގޮތުން ވާދަވެރި ބޭފުޅުން، އަދި ސިޔާސީ ޕާޓީތައް އެމްޑީޕީ ސިފަކުރަމުންދަނީ ދީީނީ ކަންކަމަށް ފަރުވާކުޑަކުރާ ޕާޓީއެއްގެ ގޮތުގައެވެ.

އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ މަސްތުވާތަކެތި ބޭނުންކޮށް، އެ އާންމު އުސޫލަކުން ލިބެން ޖެހޭކަމަށް ހިތްވަރުދެއްވާ ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ އެމްޑީޕީގެ ރައީސް ދެއްކެވި ވާހަކަފުޅުތަކާއި، އެފަހުން އެމަނިކުފާނު ޑެންމާކަށް ވަޑައިގެން ރަސޫލާގެ ސުންނަތް ނޫން އެހެން އެއްޗެއް ހޯއްދަވަން ޖެހޭކަމަށް ވަކާލާތުކުރައްވާ ދެއްކެވި ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ދީނީ ސިޔާސަތަކަށް ވާދަވެރިންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެގެން ގޮސްފައެވެ.

އެފަހުން އެމްޑީޕީގެ ދެވަނަ ވެރިކަން ފެށިގެން ދާއިރު، މި ވެރިކަމުގެ ކުރީކުޅުގައި 2019 ވަނަ އަހަރު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯޓު (އެމްޑީއެން) ނަމަކަށް ކިޔާ ޖަމުއިއްޔާއަކުން ނެރުނު އިސްލާމްދީނާއި ޚިލާފު ރިޕޯޓާއި ގުޅިގެންވެސް ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

އެ ރިޕޯޓުގައި ވަނީ ރާއްޖޭގައި ކީރިތި ރަސޫލާ ކުޑައިމީސްކޮށް ވާހަކަދައްކާފައެވެ. އަދި ރާއްޖޭގައި ކިޔަވައިދޭ އިސްލާމީ މުގައްރަރު ދަބަލުކުރުމަށް ގޮވާލާފައެވެ.

އެ ރިޕޯޓާއި ދެކޮޅަށް ރާއްޖޭގެ 101 ކައުންސިލުން ބަޔާން ނެރެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކޮށްފައިވާއިރު މިހާތަނަށް އެ ރިޕޯޓު އެކުލަާލުމުގައި ޝާމިލުވި ފަރާތްތަކަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި އޭރު އެމްޑީއެންގައި ތިއްބެވި ފަރާތްތައް ވަނީ މި ސަރުކާރުގެ މަގާމުތަކަށް ބަދަލުވެފައެވެ. ކަމިޝަރަ އޮފް ޕޮލިސް މުހައްމަދު ހަމީދަކީވެސް އެމްޑީއެންގެ ކޯ ފައުންޑަރ މެމްބަރެކެވެ.

މިފަދަ އެތައް މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އެކަންކަމާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް ސަރުކާރުން އަޅަމުން ނުދާކަން ސަރުކާރުގެ ވާދަވެރިން ފާހަގަކުރައްވައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.