މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް ފަރަކަށް އަރައިފި
މަސްވެރިކަން ކުރަމުންދިޔަ މަސް ދޯންޏެއް ފަރަކަށް އަރައިފިއެވެ.
އެންއެންޑީއެފުން ބުނީ މަސްވެރިކަން ކުރަމުންދިޔަ ކ.ގާފަރު، ހުދަންބަރު-12 ނަމަކަށް ކިޔާ ދޯންޏެއް ފ.ހިމިތި ކަނޑުގެ ދެކުނުފަރާތު ކަންމަތީ ފަރަކަށް އަރައިގެން އުޅޭކަމުގެ މަޢުލޫމާތު މިއަދު 6:30 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ތާރޑް ސްކޮޑްރަންގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެއިދާރާއިން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގިއިރު ދޯނީގައި 12 ދިވެހީން ތިބި ކަމަށާއި، ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް