އިންޓަނޭޝަނަލް މަނީ ޓްރާންސްފާއިން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިގެން ބޮޑެތި އިނާމުތައް!
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންޓަނޭޝަނަލް މަނީ ޓްރާންސްޕާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ބޮޑެތި އިނާމްތަކެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
ބީއެމްއެލްއިން ބުނީ، މި ޕްރޮމޯޝަންގައި އެ ހިދުމަތް ބޭނުންކުރާ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފާވާކަމަށެވެ. އަދި މި ޕްރޮމޯޝަން މިއަދު ފެށިގެން 21 ޑިސެންބަރުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ބީއެމްއެލްއިން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި ކޮންމެ ދެ ހަފްތާއަކުން ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯން 13 ޕްރޯއެއް ލިބޭނެ ކަމަށާއި އެ ޕްރޮމޯޝަންގެ ބޮޑު އިނާމަކީލަގްޒަރީ ރިސޯޓަކުން ދެ މީހަކަށް އޯލް އިންކްލޫސިވް ޕްކޭޖެއް ކަމަށެވެ.
އެ ޕްރޮމޯޝަން އާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލް ވެބްސައިޓްއިން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް