ބޭންކުގެ ޚިދުމަތްތައް ހޯދުމުގައި މިރޭ ދަތިތަކެއް ދިމާވެދާނެ: ބީއެމްއެލް
މިރޭ ދަންވަރުގެ ވަގުތުތަކުގައި، ބީއެމްއެލްގެ ޚިދުމަތްތައް ހޯދުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.
ބީއެމްއެލް އިން ބުނީ މިރޭ ދަންވަރު 1:30 އާއި 5:30އާ ދެމެދު ޑިޒާސްޓާ ރިކަވަރީ ޑްރިލްއެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާތީ މި ވަގުތުތަކުގައި ބޭންކުގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރާފާނެ ކަމަށެވެ.
އެގޮތުން އިންޓަނެޓް ބޭންކިން އާއި ބީއެމްއެލްގެ ވެބްސައިޓް، ޕީއޯއެސް މެޝިން، އޭޓީއެމް، ޕޭމަންޓް ގޭޓްވޭ އަދި ޔޫއެސްޑީ ބުކިން ޕޯޓަލް އެވަގުތު ތަކުގައި ބޭނުން ކުރުމުގައި ބުރޫ އަރާފާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
އަދި އެވަގުތުތައް ކަނޑައަޅާފައި ވަނީ ކަސްޓަމަރުންނަށް އުނދަގޫވުން ކުޑަކުރުމަށްޓަކައި ކަމަށްެވެސް ބީއެމްއެލް އިން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް