"ރާސްތާ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏަކަށް ދިޔަވަނީ، ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ
ފުވައްމުލައް ސިޓީއަށް ދަތުރުކުރަމުންދިޔަ "ރާސްތާ" ނަމަކަށް ކިޔާ މުދާ އުފުލާ ސަޕްލައި ދޯންޏެއް، އެ ރަށާ ގާތްގަނޑަކަށް 12 ނޯޓިކަލް މޭލު ބޭރުން ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު ލިބިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށް ބުނެފި އެވެ.
މި ހާދިސާގެ މައުލޫމާތު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ގެ މެންދުރުފަހު 15:08 ހާއިރު ކަމަށް ބުންޏެވެ.
ހަތަރު ދިވެހިންނާއި ބިދޭސީއަކާއެކު ޖުމްލަ ފަސް މީހުންނާއެކު ދަތުރުކުރަމުންދިޔަ މި އުޅަނދަށާއި، އުޅަނދުގައި ތިބި މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުން ކަމަށް ބުންޏެވެ.
ދޯނި އޮތީ ވަރަށް ބޮޑަަށް ބަރުކޮށްފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް