ފަސްޓްލޭޑީ ސާޖިދާ، ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއަށް ޒިޔާރަތްކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާން (ޑްރެޕް) އަށް ޒިޔާރަތްކުރައްވައިފިއެވެ.
ފަސްޓްލޭޑީ ޑްރެފަށް ޒިޔާރަތްކުރައްވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިންނެވެ.
މި ޒިޔާރަތުގައި އެކަމަނާ ވަނީ ޑްރެޕްގެ މައިގަނޑު މަސައްކަތްތަކާއި، އާންމު ސިއްޙަތު ރައްކާތެރިކޮށް ކުރިއެރުވުމަށް އެ އިދާރާއިން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ތަފުސީލީ މަޢުލޫމާތު ފަސްޓްލޭޑީއާ ވަނީ ޙިއްޞާކުރައްވާފައެވެ.
އިސްލާމްއާބާދުގައި ހިންގަމުން އަންނަ ޑްރެޕަކީ، 2012 ވަނަ އަހަރު ފާސްކުރެވުނު ޤާނޫނެއްގެ ދަށުން އުފައްދާފައިވާ މުސްތަޤިއްލު އިދާރާއެކެވެ. އެ އިދާރާގެ މައިގަނޑު މަސްއޫލިއްޔަތަކީ، ޕާކިސްތާނުގައި ބޭނުންކުރާ ބޭހާއި މެޑިކަލް ސާމާނުގެ އިތުރުން، އެ ޤައުމުގައި ދެވޭ އެކި ބާވަތްތަކުގެ ފަރުވާތަކާއި އެ ފަރުވާތަކަށް ބޭނުންކުރާ ވަސީލަތްތަކުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކޮށް، އެ ކަންކަން ރެގިއުލޭޓްކުރުމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް