ބަނގުރަލާއެކު ހައްޔަރުކުރީ ކަރެކްޝަން އޮފިސަރެއް ނޫން، ދޮޅު އަހަރުކުރީން ވަނީ ކަނޑާލާފައި
ގިނަ އަދަދެއްގެ ބަނގުރަލާއެކު ކ. މާފުށީން ހައްޔަރުކުރީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރެއް ކަމަށް ދެކެވޭ ވާހަކަތައް އެ އިދާރާއިން ދޮގުކޮށްފި އެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 42 ފުޅި ބަނގުރަލާއެކު ހައްޔަރުކުރީ ހދ. ކުޅުދުއްފުށި / ސަމޭދާން ނަބީހް އަބްދުއްރަޝީދު އެވެ. އުމުރުން 23 އަހަރުގެ އެ މީހާ ހައްޔަރުކޮށް އޭނާ މާފުށީގައި ދިރިއުޅެމުންދިޔަ ގެ ބަލާފާސްކުރިއިރު 42 ފުޅި ބަނގުރާ ވަނީ ފެނިފަ އެވެ.
އެއީ ކަރެކްޝަންގެ އޮފިސަރެއް ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެ އިދާރާއިން މިއަދު ވަނީ އެކަން ސާފުކޮށްދީފަ އެވެ. ކަރެކްޝަންގެ މީޑިއާ އޮފިސަރު އައިމިނަތު ޔުސްރީން ވިދާޅުވީ އެ މީހާ އަކީ މީގެ ދޮޅު އަހަރުކުރީން އެ އިދާރާއިން ވަކިކޮށްފައިވާ މީހެއް ކަމަށެވެ.
އޭނާ ވަކިކުރީ ޑިސިޕްލިނަރީ މައްސަލައަކާއި ގުޅިގެން ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް