ސިވިލް ކޯޓު
ސިވިލް ކޯޓު
ހަބަރު 21 Nov 2022 | 11:34

އިންނާނެ ކަމަށް ބުނި މީހާއަށް ކުރި ޚަރަދުތައް ހޯދަން ކުރި ދައުވާ ވީ ނާކާމިޔާބު!

އަންހެނަކު އިންނާނެ ކަމަށް ބުނުމުން އޭނާއަށްޓަކައި ފިރިހެންމީހާ ކުރި ޚަރަދުތައް ހޯދަން ފިރިހެން މީހާގެ ފަރާތުން ހުށަހެޅި މައްސަލާގައި އޭނާއާއި ދެކޮޅަށް މައްސަލަ ނިމިއްޖެއެވެ.

ށ އަތޮޅުގެ ރަށަކަށް ނިސްބަތްވާ އެ ފިރިހެން މީހާ ދައުވާ ކޮށްފައިވަނީ އދ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ އަންހެނެއްގެ މައްޗަށެވެ.

އެގޮތުން ކުރި ދައުވާގައި ފިރިހެންމީހާ ބުނީ، އެ ދެމީހުންނަކީ ކުރިން އިނދެގެން އުޅުނު ދެމީހުންނެވެ. އަދި އެއަށްފަހު ވަރިވެފައިވާއިރު، އަނެއްކާވެސް އެ ފިރިހެން މީހާއާއި އިންނާނެކަމަށް އަންހެންމީހާ ބުނި ކަމަށް އޭނާ ކުރި ދައުވާގައި ކިޔައިދީފައިވެއެވެ. އެގޮތުން، އޮންނާނެކަމަށް ބުނެ ފިރިހެންމީހާ އާއި އެކީގައި ގާތްގުޅުމެއް އަންހެން މީހާ ބާއްވާފައިވާއިރު، ފިރިހެން މީހާ ލައްވާ ގިނަ ޚަރަދުތަކެއްވެސް އަންހެން މީހާ ކުރިކަމަށް ދައުވާގައި ބުނެފައިވެއެވެ.

އެގޮތުން އުފަންދުވަހާއި ދިމާކޮށް ކޭކާއި މާ ބޮނޑި ގަނެދީ، މޭކަޕް ސާމާނާއި އަންނައުނާއި ޖިމްގެ ފީ އާއި ޕެޑާއި، ފައިވާނާއި ބޫޓާއި، އިސްލާމިކް ބޭންކް އެކައުންޓް ހުޅުވަންބޭނުންވާ ފައިސާ އާއި، ހެދުން ފަހާ ފޮއްޗާއި، ހެޑްސެޓް ފަދަ އެތައް ސާމާނެއް އަންހެން މީހާއަށް ގަނެދީފައިވާ އިރު އެތަކެއްޗަށް ފިރިހެން މީހާގެ އަތުން ދިޔަ ޚަރަދުތަކުގެ ތަފްސީލްވެސް އޭނާ ވަނީ ދައުވާގައި ހާމަކޮށްފައެވެ. އަދި އޭގެ އިތުރުންވެސް އެކިފަހަރު މަތިން ފޮނުވި ފައިސާ އާއި ގާނޫނީ ޚަރަދާ އެކު ޖުމުލަ 34،000 އެއްހާ ރުފިޔާ ހޯދަން ކޯޓުގައި އެ ފިރިހެން މީހާ ވަނީ އެދިފައެވެ.

އެހެން ނަމަވެސް، އެ މައްސަލާގައި ސިވިލް ކޯޓުން އިއްޔެ ނިންމީ ފިރިހެންމީހާ ގަނެދީފައިވާ ތަކެއްޗަށް ބަލާއިރު ކޭކާއި މާބޮނޑި ފަދަ ތަކެއްޗަކީ އާންމު އުސޫލުން މީހުން ހަދިޔާގެ ގޮތުގައި ދޭނެ ތަކެތި ކަމަށާއި އަދި ފައިސާގެ ގޮތުގައި އެންމެ ގިނައިން ދީފައި ހުރީ ވެސް 2،500ރ. ކަމަށެވެ.

އެހެންވުމުން އެއީ ދަރަންޏަކަށް ވުރެ ބޮޑަށް، ހަދިޔާގެ ގޮތުގައި ދީފައިވާ ތަކެތި ކަމަށް ބެލެވޭ ކަމަށް ހުކުމުގައިވެ އެވެ. އަދި އިތުރު ހެއްކެއް ނެތީސް، އެއީ ދަރަންޏެއް ކަމަށް ނުނިންމޭނެ ކަމަށް ހުކުމުގައިވެ އެވެ. ވީމާ ފިރިހެން މީހާގެ ދައުވާގައި އެއްވެސް އަސާސެއް ނެތް ކަމަށްބުނެ ކޯޓުންވަނީ އޭނާއާއި ދެކޮޅަށް އެ މައްސަލަ ނިންމާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.