ޖަލު އޮފިސަރެއް މަސްތުވާތަކެއްޗާއެކު އަތުލައިގެންފި
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ އޮފިސަރެއް މަސްތުވާތަކެއްޗާއެކު އަތުލައިގެންފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަރެކްޝަންސް ސަރވިސްގެ އޮފިސަރެށް މަސްތުވާ ތަކެއްޗާއި އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ.
އަދި އެ އޮޕަރޭޝަން ހިންގާފައިވަނީ ޖަލަށް މަނާތަކެތި ވައްދާ ކަމަށް ޝައްކުރެވިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސީޕީ އިތުރަށް ވިދާޅުވީ، އެ މައްސަލަ އާއި ގުޅިގެން އެ އޮފިސަރު ވަޒީފާއިން ސަސްޕެންޑު ކުރެވިފައިވާ ކަމަށެވެ.
ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީންނަށް އެކި ގޮތްގޮތަށް މަސްތުވާތަކެތި ފޯރުކޮށްދޭ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. އެހެންނަމަވެސް އެކަމަށް ދާއިމީ ހައްލެއް އަދި އަދަށް ދާންދެންވެސް ވަނީ ނުލިބިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް