ކަޅުވަކަރު މިސްކިތް އެންމެފަހުން ފެނިއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރަަސްރަނި ބަގީޗާގައި ތަރައްގީ ކުރޮ ވިންޓަރ ކޯނަރގެ މަސައްކަތަށްޓަކައި ރޫޅާލެވުނު ކަޅުވަކަރު މިސްކިތް، ގައުމީ ދާރުލްއާސާރުގައި ހުރިކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައެވެ. ޔުމްނާ ވިދާޅުވީ ރޫޅާލި ކަޅުވަކަރު މިސްކިތްގެ ބައިތައް ހުރީ ގައުމީ ދާރުލްއާސާރުގައި ކަމަށެވެ. މީގެ ކުރިން ހެރިޓޭޖް ޑިޕާރޓްމެންޓުންވެސް ވަނީ އެ މިސްކިތް ދެން ބަހައްޓާނެ ތަނެއް ކަނޑައެޅެންދެން، އެތަނުގެ ބެލުމުގެ ދަށުގައި ހުންނާނެ ކަމަށް ބުނެފައެވެ.
ނަމަވެސް ޔުމްނާ ވަނީ މިސްކިތް އަލުން ރޭވުމުގެ ކުރިން، މިސްކިތް މަރާމާތު ކުރަން ޖެހިފައިވާކަން ފާހަގަކުރައްވާ، ހިރިގަލަށާއި ވަކަރަށް ފަރުވާދޭން ޖެހިފައިވާކަން ހާމަކުރައްވާފައެވެ.
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ޔުމްނާ މައުމޫން މިއަދު ވަނީ ރަސްމީގޮތުން ހަވާލުވެލައްވައި، ކަމާއި ގުޅުންހުރި ވުޒާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. މިއީ އަލަށް އުފެދުނު މިނިސްޓްރީއެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކަޅުވަކަރު މިސްކިތް އަލުން ރޭވުމަކީ ރައީސް އިބްރާހިމްގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިފައިވާ ކަމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް