ސުނާމީގައި ދިވެހިން ދެއްކި އެއްބައިވަންތަކަމަށް އަބަދުމެ ފަޚުރުވެރިވާނެ: ރައީސް ސޯލިހު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26ވަނަ ދުވަހު އެރި ސުނާމީ ކާރިސާގައި ދިވެހިން ދެއްކި އެއްބައިވަންތަކަމަށް އަބަދުވެސް ފަޚުރުވެރިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ސުނާމީ ކާރިސާއާއި ގުޅިގެން މިއަދު ފާހަގަކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޓްވިޓަރ މެދުވެރިކޮށް ފޮނުއްވި ޚާއްސަ މެސެޖެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ 2004 ވަނަ އަހަރުގެ ސުނާމީގެ ބިރުވެރިކަމާއި ނާމާންކަމާއި އެކުވެސް ދިވެހިން ދެއްކި އެއްބައިވަންތަކަމަށް ދިވެހިން އަބަދުވެސް ފަޚުރުވެރިވާނެކަމަށެވެ.
އަދި އެދުވަހު ދުނިޔެ ދޫކޮށް ދިޔަ އެންމެނަށް މާތްﷲ ހެޔޮރަހުމަތް ލެއްވުން އެދި ދުއާ ކުރާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެ، ދިވެހިން އަބަދުމެ އެއްބައެއްގެ ގޮތުގައި ތިބުމަށް އެދިވެސް ދުއާ ދަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް