ރަސްމުސް ޕަލުޑާން ކީރިތި ޤުރުއާން ލިޔެފައިވާ ޚަތިމެއް ހިފައިގެން
ރަސްމުސް ޕަލުޑާން ކީރިތި ޤުރުއާން ލިޔެފައިވާ ޚަތިމެއް ހިފައިގެން
ދުނިޔެ 22 Jan 2023 | 05:42

ފުލުހުންގެ ހިމާޔަތާއި އެކު، ސްވިޑެން ގެ ހަރުކަށި ލީޑަރަކު ޤުރުއާން ޚަތިމް ތަކެއް އަންދައިފި

ސްވިޑެން ގެ ފާ-ރައިޓް، ހަރުކަށި ސިޔާސީ ޕާޓީއެއްގެ ހަރުކަށި ފިކުރު ގެ ލީޑަރަކާއި އެ ޕާޓީގެ މެންބަރުން ތަކެއް ކީރިތި ޤުރުއާން ލިޔެފައިވާ ޚަތިމުތަކެއް އަންދާލައިފިއެވެ.

ފާ-ރައިޓް ޕާޓީގެ ހަރުކަށި ލީޑަރަކު ކަމުގައި ރަސްމުސް ޕަލުޑާން އިސްވެ ހުރި ހިންގި މި ހަރަކާތް ހިންގާފައިވަނީ ސްވިޑެން ގައި ހުންނަ ތުރުކިޔޭ އެމްބާސީ ކުރިމަތީގައެވެ. ސްވިޑެން ގެ ފުލުހުންގެ ފުރިހަމަ ހިމާޔަތުގެ ދަށުގައި ހިންގި މި ހަރުކަށި އަމަލު ގާތްގަޑަކަށް ގަޑި އިރެއްހާ އިރުވަންދެން ކުރިއަށް ދިޔަ އިރު، މި ހަރަކާތުގެ ތެރެއިން، ހަތިމުތަކެއް އެންދުމުގެ އިތުރުން ތުރުކިޔޭ އާއި ދެކޮޅަށް އަޑު އުފުލައި އިސްލާމް ދީނަށް ފުރައްސާރަ ވެސް ވަނީ ކޮށްފައެވެ.

ރަސްމުސް ޕަލުޑާން ގެ މިޢަމަލާއި ގުޅިގެން ސްވިޑެން ގެ އެ ސަރަހައްދަށް ގާތްގަނޑަކަށް 100 އެއްހާ މުސްލިމުން ވަނީ އެއްވެ އަޑުއުފުލާފައެވެ.

ސްވިޑެން ގެ ސަރުކާރުގެ ހުއްދަ އާއި އެކު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ސްވިޑެން ނޭޓޯގެ މެންބަރަކަށް ވުމަށް ތުރުކިޔޭ އިން ހުރަސް އަޅަމުން ގެންދާތީ ހިންގި ހަރަކާތެއް ކަމަށް އެމީހުން ބުނެއެވެ.

ކީރިތި ޤުރުއާން އެންދި، އިހްތިޖާޖަށް ސްވިޑިން ސަރުކާރުން ހުއްދަ ދިނުމުން ތުރުކީވިލާތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި ސްވިޑިނަށް ދަތުރުކުރަން އޮތް ތުރުކީވިލާތުގެ ވަޒީރުންގެ ވަފްދެއްގެ ދަތުރު ވެސް މިހާރު ވަނީ ކެންސަލް ކޮށްފައެވެ.

މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ މުސްލިމް ގައުމު ތަކުންވެސް އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން، ތުރުކިޔޭ، ސައުދީ އަރަބިއްޔާ، ޖޯޑަން އަދި ކުވޭތުން ވަނީ އެކަން ކުށްވެރިކޮށް ބަޔާން ވެސް ނެރެފައިވާއިރު، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ސްވިޑެން ސަރުކާރުން ހުއްދަދީގެން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ދީންތަކަށް ކުރަންޖެހޭ އިހްތިރާމް ނުކޮށް، ހަރުކަށި ކަމާއި އަނިޔާވެރިކަމަށް ގޮވާލެވޭ އަމަލެއް ކަމަށާ، އެފަދަ ކަންކަން ގަބޫލު ނުކުރާނެކަމަށް އެގައުމު ތަކުން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.