މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް: ފޮޓޯ/ މަޖިލިސް
މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް: ފޮޓޯ/ މަޖިލިސް
ހަބަރު 22 Feb 2023 | 09:15

ކުރީ ސަރުކާރުގެ 390 ސިޔާސީ މަގާމަށް ފާޑުކިޔާފައި 1420 މަގާމު އުފައްދައިފި: ޝިޔާމް

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަކީ، ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ދައުރުގައި 390 ސިޔާސީ މަގާމު އުފައްދައިގެން، އެ ކަމަށް ފާޑުވިދާޅުވި ބޭފުޅެއްކަމަށާއި އެހެންނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ މަގާމުތަކުގެ އަދަދު 1420 އަރާފައިވާ ކަަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދަރަނި ރީސްޓްރަކްޗާ ކުރުމަށް ސަރުކާރަށް ދީފައިވާ ލަފާ ތަންފީޒު ކުރުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ވެސް ލޯނުތައް ނެންގެވި ކަމަށެވެ. އަދި އެ ލޯނުތައް ނަންގަވައިގެން ހިންގަވާފައިވާ ބޮޑެތި މަޝްރޫޢުތައްވެސް ފެންނަން ހުރި ކަމަށާ، އަދި ދަރަނި އަދާކުރައްވަން އިންތިޒާމް ކުރައްވާފައިވާ ހަރުދަނާ ނިޒާމްތައްވެސް މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

ކަން މިހެން ހުރި އިރުވެސް، ރައީސް ޞާލިހު އޭރު ކެންޕެއިންގެ ތެރެއިން ރައީސް ޔާމީންގެ ސަރުކާރަަށް ފާޑު ވިދާޅުވެ، އެއީ "މަތިބަރު" ސަރުކާރެއްގެ ގޮތުގައި ސިފަކުރެއްވި ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ސަރުކާރެއްގައި “މަތިބަރު” ނުވާނެކަމަށްވެސް ބުނެފައިވާކަމަށާ އެ ދެއްކެވި ވާހަކަތަކަށްފަހު، މިއަދު ވެރިކަމަށް ވަޑައިގަތުމަށްފަހު، ފެނިގެންދަނީ 1420 ސިޔާސީ މަގާމު އުފައްދާފައިވާތަން ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

"މިހާރު މިއޮތް އެމްޑީޕީގެ ސަރުކާރުން ނުކުރަން އޭރު އިދިކޮޅުގައި އޮވެ، ނުކުރަން ވިދާޅުވި ހުރިހާ ކަމެއް، ކެންޕެއިންގެ ތެރޭގައި ދެއްކެވި ހުރިހާ ވާހަކަ ތަކެއް، ތިމަންނަމެން ނުކުރާނަމޭ، ރައީސް ޔާމީންގެ ސަރުކާރުގައި ދަރަނި ނަގައިގެންނޭ (ހިންގީ) ތިމަންނަމެން ދަރަނި ނު އުފައްދާނަމޭ. ތިމަންނަ މެންގެ ސަރުކާރެއް މިހާ މަތިބަރެއް ނުވާނެ އޭ. މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އެހެން ވިދާޅުވީ."

"ދައުލަތުގެ މަތިބަރު ވާހަކަ ދެކެވޭ އިރުގައި ކުރީ ސަރުކާރުގައި އުފެއްދެވީ 390 ސިޔާސީ މަގާމު. ރައީސް ޞާލިހް (އޭރު) ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުން އެބަ ތިބެޔޭ. ދައުލަތް ހިންގެޔޭ. މިއަދު އަޅުގަނޑު ބަލާލި އިރު 1420 ސިޔާސީ މަގާމު އެބަހުރި. ވިއްޔާ ވާނީ އިތުރު." ޝިޔާމް ވިދާޅުވި އެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، އިގްތިސާދީ ކަންކަން ހަރުދަނާކުރުމަށާއި ދުވެލި ވަރުގަދަ ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށާ، ލިޔުނު އެއްވެސް އެއްޗެއްވެސް ނެތް އިރު، ލިޔެފައި ހުރި ކަންކަންވެސް ފޮހެލާފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، މި ސަރުކާރުން އުޅެނީ ފައިސާ ޗާޕު ކުރާ މެޝިނެއް ގެނެސްގެންކަމަށާ، އަދި ފައިސާ ޗާޕު ކޮށްގެން ބޭނުންވާ މީހުންނަށް ލުއި ލޯނު ދިނުން ފަދަ ކަންކަން ކުރެވިދާނެކަމަށެވެ.

އެއާއެކު ޝިޔާމް ވަނީ ފައިސާ ޗާޕު ކުރުމުން ވެގެންދާ ގޮތާއިމެދު ވާހަކަދައްކެވުމަށް ކެރިވަޑައިނުގަންނަވަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ސުވާލު ކުރައްވާފަ އެވެ. އަދި އޭގެ ސަބަބުން ގެއަށް ގަންނަ ކިރުދަޅުގެ އަގާއި އެހެނިހެން ތަކެތިވެސް އަގު ބޮޑުވެގެންދާކަމަށާއި ޗާޕުކުރުމުން ވަނީ އެ އުނދަގޫތައް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ހަމަ އެހެންމެ އޭގެ ސަބަބުން، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ ދައްކަމުންދާ ގޭ ކުލިއަށްވެސް އަސަރުތައް ކުރާނެކަމަށާއި ޗާޕު ކުރުމުގެ ސަބަބުން ރައްޔިތުންގެ ޖީބަށް ބުރަ ބޮޑުވާ ވާހަކަތައް އެމްޑީޕީގެ ރައީސް ސާލިހު ފެކްޝަނަށް ނިސްބަތްވާ ބޭފުޅުންނަށް ދައްކަވަން ކެރިވަޑައިނުގަންނަވާ ސަބަބަކީ ކޮބައިތޯވެސް އޭނާ ސުވާލު ކުރެއްވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.